ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލް އޭސީ ކުރަނީ

ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލް އޭސީ ކުރާނެ ފަރާތެއް ހޯދަން މިއަދު ޓެންޑަރ ބޯޑަށް ފޮނުވައިފައި ވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފް ވިދާޅުވީ ވޮލީ، ބާސްކެޓްބޯލް، ނެޓްބޯލް ފަދަ މުބާރާތްތައް ބާއްވަމުން ގެންދާ ސޯޝަލް ސެންޓަރުގެ އިންޑރ ހޯލްގެ ހޫނުގަދަ ވާހަކައަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާ ކަމަށެވެ. އަދި ސޯޝަލް ސެންޓަރުގެ އޭސީ ކޮށްދޭނެ ފަރާތެއް ހޯދަން މިއަދުވާނީ ޓެންޑަރ ބޯޑަށް ފޮނުވައިފައިކަން އުފަލާއިއެކު އިއުލާންކުރާ ކަމަށެވެ.‪

ސޯޝަލް ސެންޓަރ އިންޑޯރ ކޯޓް

މީގެ އިތުރުން މަހުލޫފު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް 14 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށްވެސް ޓެންޑަރ ބޯޑަށް ފޮނުވޭނެ ކަމަށެވެ.

ކުޅިވަރު ކުޅުމަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ތަރައްގީ ކުރުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ވަނީ ހާއްސަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ. މިގޮތުން މިފަދަ ވަސީލަތްތައް ތަރައްޣިކުރާނެ ފަރާތްތައް ހޯދުމަށް ގިނަ އިއުލާންތައް ކޮއްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ