ބާސެލޯނާއިން އެންމެފަހުން ރަސްމީކޮށް ދައްކާލި ނެދަލެންޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޑިޖޮން އޭނާގެ އާޓީމް މޭޓް މެސީއާއެކު ކުޅެން ކެތްމަދުވެފައިހުރިކަން ހާމަކޮށްފިއެވެ.
އަޔޭކްސްއަށް ކުޅެމުންއައި ޑިޖޮން ބާސެލޯނާއާއި ގުޅިފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. 86 މިލިއަން ޔޫރޯއަށް ބާސެލޯނާ ގަތް މިކުޅުންތެރިޔާ ކްލަބާއި ގުޅުމަށް ހަމަޖެހިފައޮތީ 2019-20 ސީޒަނުން ފެށިގެންނެވެ.
އަޔޭކްސްގެ މެދުތެރެއަށް ކުޅެމުން އަންނަ ޑިޖޮންގެ ފަރާތުން ފާއިތުވި ދުވަސްތަކުގައި މޮޅުކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެންމެބޮޑަށް ފާހަގަކުރެވިގެން ދިޔައީ ނިމުނު ޗެމްޕިއަންސް ލީގުގެ ސެމީއަށް އަޔޭކް ދަތުރުކުރުމުގައި އެޓީމުގައި އޭނާ ދެއްކި މޮޅުކުޅުމެވެ.
?Welcome, @DeJongFrenkie21 ?? pic.twitter.com/bcfTLIuzJu
— FC Barcelona (from ?) (@FCBarcelona) July 4, 2019
މިދިޔަ ޗެމްޕިއަންސް ލީގުގައި އަޔޭކްސްވަނީ ޖެހިޖެހިގެން ތިންއަހަރު އެމުބާރާތް ކާމިޔާބުކުރި ރެއަލްމެޑްރިޑްގެ އިތުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްވެސް މުބަރާތުން ކަޓުވާލާފައެވެ.
ބާސެލޯނާއިން ދެކޭގޮތުގައި ޑިޖޮންއަކީ އިނިއެސްތާ އަދި ބުސްކެޓް އެކްލަބުގެ މެދުތެރޭގައި ދައްކަމުންއައި ފެންވަރުގެ ކުޅުމެއް ދެއްކޭނެފަދަ ހުނަރުހުރި މޮޅު ކުޅުންތެރިއެކެވެ.
"ބާސާއަށް އާދެވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އެންމެ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނެއް ބާސާއަށް ކުޅުމަކީ" ޑިޖޮން ބުންޏެވެ.
މީގެ އިތުރުން އެންމެ އުފާވަނީ މެސީއާއެކު އެއްޓީމަކަށް ކުޅެލަން ފުރުޞަތު ލިބުމުންކަމަށް ޑިޖޮންވަނީ ބުނެފައެވެ.



