ޝުމްބާ ހައްޔަރުކުރި މައްސަލަ ތަޙުޤީގު ކޮށްދިނުމަށް އެދެފި

01 ނޮވެންބަރު 2015 ގައި އަޙްމަދު އަޝްރަފް (ސުންބާ)، ސްރީލަންކާގައި ހުއްޓާ ހައްޔަރުކުރި މައްސަލަ ތަޙްޤީގު ކޮށްދިނުމަށް އެދެފިއެވެ.

ޞައްޙަ ވިސާއެއްގެ ދަށުން ސްރީލަންކާގެ ބޮރަލެސްގަމުވާގެ ގެއެއްގެ ތެރޭގައި ހުއްޓާ، އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ހައްޔަރުކުރަންޖެހޭ މީހެއްކަމަށް އެ ދުވަހު ހެނދުނު ޕްރެސް ކޮންފަރެންސްއެއްގައި ބުނެފައިވަނިކޮށް، ހަތިޔާރާއެކު ކޮންބައެއްކަން ނޭންގޭ ބަޔަކު، ދިވެހި ފުލުހުން ވަދެ، ސުންބާ ވަނީ ރަހީނުކޮށްފައެވެ.

01 ނޮވެންބަރު 2015 ގައި، ސުމްބާ ރަހީނުކޮށް، ބަޑި ޖައްސައިގެން، ސުމްބާގެ ނުރުހުމުގައި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނީ ގެންގޮސްފައިކަމަށެވެ. އަދި 2015 ނޮވެންބަރު 2 ވަނަ ދުވަހު ހެނދުނު 07:20 ގައި ސްރީލަންކަން އެއަރލައިންސްގެ ޔޫ.އެލް 102 ޕްލައިޓްގައި ވަނީ މާލެ ގެނެސްފައިކަމަށް، މިއަދު ސުމްބާ ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

"މި މައްސަލާގައި ބައިވެރިވެފައިވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ފަރާތްތައް ކަމަށްވާ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި ފޮރިންގ މިނިސްޓަރ ދުންޏާ މަޢުމޫނާއި ލަންކާގައި އޭރުހުރި އެމްބެސެޑަރ ޒާހިޔާ ޒަރީރުއާ ފަސްޓް ސެކްރެޓަރީ ހަސަން އާދަމްއާއި އެމް. އެން. ޑީ. އެފް ގެ ޑިފެންސް އެޓޭޗް ކާނަލް އަޙްމަދު ޤިޔާސްއާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ގެ މައްޗަށް ތަހުޤީގުކޮށް ދަޢުވާކުރުމަށް ފޮނުވައިދެއްވުމަށް" ސުމްބާގެ ވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ