ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށިފައިވާއިރު، ޢާއްމު އުޞޫލަކުން ޖަލްސާތައް ފެށޭނެ އިރަކާމެދު މަޖިލީހުގެ ރައީސް މަޝްވަރާ ކުރަން ފައްޓަވައިފިއެވެ.
ޕްގޮރްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޖަލްސާތައް ޢާއްމު އުޞޫލަކުން ފެށޭނެ ދުވަހަކާ ބެހޭގޮތުން މަޖިލީހުގެ ރައިސް ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މަޖިލިސް ކުރާ ގޭގެ ބޮޑެތި މަރާމާތުތަކެއް ކުރިއަށްދާތީ، މަޖިލިސް ޖަލްސާތައް ޢާއްމު އުޞޫލުން ފަށާނެ ދުވަހާ ބެހޭގޮތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް ޕީޖީ ގްރޫޕްތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވުން ކުރިއަށްދަނީ." ނިހާން ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތައް މިވަގުތު ކުރިއަށް ނުދާއިރު މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނެ ދުވަހަކާ މެދުގައި މަޝްވަރާ ކުރައްވަމުން ގެންދަވާއިރު، ގިނަ މެންބަރުން މިހާރު އުޅުއްވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގައެވެ.




