ސްޓަރިޖުގެ ކުއްތާ ވަގަށް ނަގައިފި، ބުނި އަގެއް ދޭން ތައްޔާރު

އިންގްލޭންޑަށް ކުރިން ކުޅުނު ޑެނިއަލް ސްޓަރިޖުގެ ކުއްތާ ވަގަށް ނަގައިފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޙިއްސާކުރި ވީޑިއޯއެއްގައި ސްޓަރިޖު އެކަން ހާމަކޮށްފައިވާއިރު އޭނާގެ ކުއްތާ ހޯދައިދިން މީހަކަށް ބުނި އަގެއް ދޭން ތައްޔާރަށް ހުރިކަމަށްވެސްވަނީ ބުނެފައެވެ.

" ލޮސް އެންޖެލެސްގައި ހުންނަ އަހަރެންގެ ގެއަށް ވަގަށްވަދެ. އަހަރެންގެ ކުއްތާ ވަގަށް ނަގައިފި" ސްޓަރިޖު ބުންޏެވެ.

މީގެ އިތުރުން އޭނާގެ ކުއްތާ ވަގަށްނެގީ ސީދާ ކީއްވެ ކަމެއް ބުނާކަށް ނޭނގޭކަމަށްވެސް ސްޓަރިޖު ބުންޏެވެ.

ސްޓަރިޖު އިތުރަށް ބުނީ މީހެއްގެ ގެއަށް ވަދެ މީހެއްގެ ކުއްތާ ވަގަށް ނަގާނީ މޮޔައެއް ނޫން ދެން ކާކު ހެއްޔެވެ؟

" އަހަރެން މިހުރީ ވަރަށް ސީރިއަސްވެފަ. ކޮންމެވެސް މީހަކު އަހަންނަށް އެކުއްތާ ހޯދާދީ. ބުނި އަގެއް ދޭނަން " ސުޓަރިޖު ބުންޏެވެ.

މިނިމުނު ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލިފަހުން ސްޓަރިޖު އެހެން ޓީމަކާއި އަދި ނުގުޅެއެވެ. ކުރިން ޗެލްސީއަށް ކުޅުނު ސްޓަރިޖު ޗެލްސީއާއެކު ދެ އެފްއޭކަޕް، އެއް ޕްރިމިއާ ލީގު އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. އަދި އޭނާވަނީ ލިވަޕޫލާއެކު 2018-19 ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ