ރެއަލްމެޑްރިޑްގެ މަރިއާނޯއަށް އާސެނަލްއިން ހުށަހެޅީ އެންމެ 18 މިލިއަން ޕައުންޑް

ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ މަރިއާނޯ ޑިއާޒްއަށް އާސެނަލްއިން 18 މިލިއަން ޕައުންޑް ހުށަހަޅައިފިއެވެ.

ކޮންމެ އަހަރެއްގައިވެސް ކުޑަ ޓްރާންސްފާ ބަޖެޑެއް ގެންގުޅޭ އާސެނަލްއިން މިފަހަރު ހަމަޖައްސާފައި އޮތީ 45 މިލިއަން ޕައުންޑްގެ ބަޖެޓެކެވެ.

ޗެމްޕިއަންސް ލީގަށް އެނބުރި އަންނަން ހިފާފައި އޮތް އާސެނަލްއިން އެންމެ ބޮޑަށް ބަލާ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ، ވިންގާ، ފުލްބެކް އަދި ސެންޓަރބެކެވެ. އިތުރު ފޯވާޑެއް ހޯދާނަމަ އާސެނަލްއިން ބަލާނީ ވީހާވެސް ކުޑައަގަކަށް ލިބެންހުރި ފޯވާޑަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްއަށް މަރިއާނޯ އެންމެ 18 މިލިއަން ޕައުންޑަށް ލިބެން އެބައޮތެވެ. ރެއަލްމެޑްރިޑުން އަންނަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ގިނަ ކުޅުންތެރިންތަކެއް ވިއްކަމުންނެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއަލްމެޑްރިޑާއި ގުޅުނު މަރިއާނޯއަށްވަނީ ކްލަބު ބޭނުންވާފަދަ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. މިދިޔަ ސީޒަންގައި މަރިއާނޯ ރެއަލްމެޑްރިޑަށް 13 ލަލީގާ މެޗު ކުޅެދިންއިރު ކާމިޔާބުކޮށްދެވުނީ އެންމެ ތިން ލަނޑެވެ.

މަރިއާނޯ ރެއަލްމެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ.

އެޓޭކިން ވަރުގަދަކުރުމަށް އާސެނަލްއިން ގެންނަން މަސައްކަތްކުރި އައިވަރީ ކޯސްޓްގެ ޒާހާވަނީ ލިބޭގޮތްނުވެފައެވެ. ޒާހާއަށް އާސެނަލްއިން ހުށަހެޅީ 40 މިލިއަން ޕައުންޑެވެ. ކްރިސްޓަލް ޕެލެސްއިންވަނީ މިހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ