އއ. ވެލިދޫ އައިލޭންޑް ރިސޯޓްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެލިދޫ އައިލޭންޑް ރިސޯޓުގައި މަރުވެފައިވަނީ 78 އަހަރުގެ ފަތުރުވެރިއެކެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މަރުވެފައިވަނީ އޮސްޓްރޭލިޔާގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
ފަތުރުވެރިޔާ މަރުވިކަމުގެ ރިޕޯޓް ލިބިފައިވަނީ 18:49 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ވެލިދޫ އައިލެންޑް ރިސޯޓުގައި ގެނބިގެން އޮސްޓްރޭލިޔާގެ ފަތުރުވެރިޔަކު މަރުވިއިރު، ނ. އަތޮޅުގައި އޮންނަ ރޮބިންސަން ރިސޯޓުގައި މިމަހުގެ 6 ވަނަ ދުވަހު، 45 އަހަރުގެ ޗައިނާ ފިރިހެން ފަތުރުވެރިޔަކު ވަނީ ގެނބިގެން މަރުވެފައެވެ.




