ސީލައިފް އިން އަޅަން ބުނި ފްލެޓްތަކުގެ ކުރެހުމެއް

ސީލައިފްއަށް ފައިސާ ދެއްކި ފަރާތްތަކަށް ސަރުކާރުން ބަދަލުދޭން އެއްބަސްވެއްޖެ

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ތަރައްޤީކުރަން އިއުލާނުކުރި ފުލެޓްތަކުން، ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެޗްޑީސީގެ ފަރާތުން ރިފަންޑް ދިނުމަށް އެއްބަސްވެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފިއެވެ.

ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

އެހެން ކަމުން، ސީލައިފްއިން އަނބުރާ ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމުގެ ޒިންމާ ދެން ނަގާނީ އެޗްޑީސީއިން އެވެ. މީގެ އިތުރުން ސީލައިފުން ފުލެޓް ގަންނަން ފައިސާ ދީ ގެއްލުމާ ކުރިމަތިވި ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ސުކީމްގެ ދަށުން ފުލެޓް ދިނުމުގައި އިސްކަން ދިނުމަށް ވެސް އެއްބަސްވި ކަމަށް ވެސް އެނގިފައިވެއެވެ.

ސީލައިފް ހިޔާނާތާއި ގުޅިގެން ދައުވާ ކުރި 203 މީހުންނަށް ދައުލަތުން ބަދަލުދޭން އެއްބަސްވުމުން ސިވިލް ކޯޓަށް އެމީހުން ހުށަހެޅި މައްސަލަ އިއްޔެ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާން ކުރި މަޝްރޫއާ އެކު އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ