ހުޅުމާލޭގެ ހަ ތަނެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ސެންޓްރޯ މޯލް އާއި ލަގްޒަރީ ފެންވަރުގެ އެޕާޓްމެންޓްތައް ގާއިމްކޮށްފަވާ ރެނާޓަސް އިތާ މުތް ހިމެނޭ ގޮތަށް އެ ރަށުގެ ހަ ތަނެއްގައި ވިޔަފާރި ކުރަން ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނެރެފައިވާ އިއުލާނުގައި ވަނީ ސެންޓްރޯ މޯލް އާއި ވެއާހައުސް ޝެލް-1 އިން ދެ ތަނެއް ވިޔަފާރިއަށް ހުޅުވާލާފައި ވާކަމަށެވެ. ރެނާޓަސް އާއި ކޮމާޝަލް ބްލޮކް-އީ އިންވެސް ވިޔަފާރިއަށް ހުޅުވާލަފައިވެއެވެ.

ވިޔަފާރިއަށް ހުޅުވާލާފައިވާ ތަންތަނުގެ މުއްދަތަށް ބަލާއިރު ސެންޓްރޯ މޯލް އާއި ވެއާހައުސް ޝެލް-1 އަށް ވިޔަފާރި ކުރަން ދީފައިވަނީ ފަސް އަހަރުގެ މުއްދަތެކެވެ. އަދި ރެނާޓަސް އިތާ މުތް އާއި ކޮމާޝިއަލް ބްލޮކް-އީ އަށް ދީފައިވަނީ 10 އަހަރުގެ މުއްދަތެކެވެ.

އެޗްޑީސީން ވިދާޅުވީ އެ ތަންތަނުގައި ވިޔަފާރި ކުރަން ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ

ސެންޓްރޯ މޯލް އާއި ވެއާހައުސް ޝެލް-1 އަށް ވިޔަފާރި ކުރަން ފަސް އަހަރުގެ މުއްދަތެއް ދީފަވާއިރު ރެނާޓަސް އިތާ މުތް އާއި ކޮމާޝިއަލް ބްލޮކް-އީ އަށް 10 އަހަރު ދީފައި ވެއެވެ.

މި ތަންތަނުގައި ވިޔަފާރި ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ