ކާލްޓަން ގޭސް ރާއްޖެއަށް ތައާރަފުކޮށްފި

އެމެރިކޭގެ މަޝްރޫއު އުފެއްދުމެއް ކަަމަށްވާ ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް މޯލްޑިވްސް ގޭހުން ތައާރަފުކޮށްފިއެވެ.

ހުކުރު ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރުގެ އޮޑިޓޯރިއަމްގައި ތައާރަފުކޮށްފައިވަނީ މި ބްރޭންޑްގެ ހަތަރު ގޭހެއެވެ.

މޯލްޑިވް ގޭހުން ރާއްޖެއަށް ތައާރަފުކުރި ކަލްޓަން ރެފިރިޖަރެންޓް ގޭހުގެ ބާވަތްތަކުގެ ތެރޭ ގޭގޭގައި ބޭނުންކުރާ ގޭހާއި އެއާކޮންޑިޝަނަރަށް ހާއްސަ ގޭސް ހިމެނެ އެވެ. އަދި ކުދި ފިހާރަތަކުގައި ބޭނުންކުރާ ކޫލަރު ފަދަ އާލާތްތަކަށް ބޭނުންވާ ގޭސް ވެސް ހިމެނެ އެވެ. އަލަށް ތައާރަފު ކުރި ގޭހުގެ ބާވްތަތަކުގެ ތެރޭގައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ތަކެތި ފިނި ކުރަން ބޭނުންކުރާ ބޮޑެތި ކޯލްޑް ސްޓޯރޭޖުގައި ބޭނުންކުރާ ގޭސް ވެސް ހިމެނެ އެވެ.

މި ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ކަލްޓަން ގޭހަކީ އާއްމު ގޭގެ އާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ގިނަ ބަޔަކު ބޭނުން ކުރާ ގޭހެކެވެ. މޯލްޑިވް ގޭހަކީ އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގޭސް އަދި މެޑިކަލް ގޭހުގެ އިތުރުން ހީލިއަމް އަދި އިންޑަސްޓްރިއަލް އަދި ރެފްރިޖެރެންޓް ގޭސް ވިއްކާ އެއް ކުންފުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ