މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު ގްރޫޕް އެއްވަނައިގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމުވަނީ ގްރޫޕް ސްޓޭޖުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް އަދި މެޔޯޓްވެސް ބަލިކޮށްފައެވެ.
މޮރިޝަސްއާ ބައްދަލުކުރި މެޗު ދިވެހި އަންހެން ޓީޓީ ޓީމު 3-2 ސެޓުން ކާމިޔާބުކުރިއިރު، މަޔޯޓްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.
މިގްރޫޕްގެ ދެވަނަ ލިބެނީ މޮރިޝަސްއަށެވެ.
ސެމީ ފައިނަލުގައި ރާއްޖެ، ގްރޫޕް ބީ ގެ ދެ ވަނަ ހޯދި މަޑަގަސްކަރައާ ބައްދަލުކުރާއިރު މޮރިޝަސް ބައްދަލުކުރަންޖެހޭނީ ރިޔޫނިއަން އައިލެންޑްސްއާއެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ސްކޮޑުގައި ހިމެނެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ފާތިމަތު ދީމާ އަލީ އާއި ރަފާ ނާޒިމް އާއި ޖުމާނާ ނިމާލެވެ.
ރާއްޖެ އަށް މުބާރާތުގައި އަންހެން ޓީޓީ ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ.




