އިނގިރޭސިވިލާތުގެ "ބެޑްފޯރޑް" އިން ބާއްވަމުން އަންނަ "އިޓަލިއަން ފެސްޓިވަލްގައި" ރާއްޖޭގެ ޓުއިރިޒަމް އިޝްތިހާރުކޮށްފިއެވެ.
އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ފަރާހް ފައިޒަލް މިއަދު ޓްވީޓެއްގައި ބެޑްފޯރޑް އިޓަލިއަން ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމަށް ދެއްވި ފުރުޞަތައް ޔޫކޭގެ މޮޓޯރ އިންޝިއުރެންސް ކޮމްޕެނީ "މޭފައަރ" އަށް ޝުކުރުދައްނަވާފައިވެއެވެ.
މި ފެސްޓިވަލްގައި "މޯލްޑިވްސް ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ދިވެހިރާއްޖެ ވަނީ ތަމްސީލުކޮށްފައެވެ.

"ބެޑްފޯރޑް އިޓަލިއަން ފެސްޓިވަލް"އަކީ އެ ސަރަހައްދުގައި ދިރިއުޅޭ އިޓަލީ މީހުންއަށް ހާއްސަކޮށްގެން އެމީހުން ސަޤާފަތާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހަނދާކޮށްދީ ދެމެހެއްޓުމުގެ ގޮތުން އެ ބެޑްފޯޜޑްގައި އިންތިޒާމުކޮށްގެން ބާއްވަމުންއަންނަ ފެސްޓިވަލެކެވެ.
އިޓަލީގެ 14000 ރައްޔިތުން އެންމެ ފުރަތަމަ އިނގިރޭސިވިލާުގެ ބެޑްފޯރޑް ޓައުންއަށް ހިޖުރަކޮށްފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި އެ ސަރަހައްދުގެ ގަލުގެމަސައްކަތްކުރާ ސިނާއަތުގައި މަސަތްކުރާނެ މަސައްކަތު މީހުން މަދުވުމުގެ ސަބަބުންނެވެ.

މި ފެސްޓިިވަލް ބޭއްވުމުގެ މަޤުސަދަކީ، ބެޑްފޯރޑްގައި އެތައް އަހަރުތަކެއްވަންދެން ދިރިއުޅެމުން އަންނަ އިޓަލީ މީހުންނަށް އެމީހުންގެ ކުރީގެ ދިރިއުޅުން ހަނދާނުން ނުފޮހެލާ އެ ހަނދާން ދެމެހެއްޓުމެވެ.
ބެޑްފޯރޑްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލްގައި އިޓަލީގެ ކާތަކެއްޗާއި، މިޔުޒިކް އަދި އިޓަލީގެ ކާރުތައް ދައްކާލާފައިވެއެވެ.





3 Responses
ބުރީނޗް ތީ ބަލަ ލަނބޯ އެއް
Kaloa thy Ferrari eh noon Lamborghini eh thy
ތީ ފެރާރީއެއް ނޫން. ތީ ލަމްބޯގީނީއެއް.