ރައީސްގެ ގައުމީ ޖޯޝަށް ހިފެހެއްޓުމެއް ނެތް ތައުރީފް

މިއަދަކީ އަނެއްކާވެސް ދިވެހިރާއްޖޭގެ ކުޅިވަރު ހަޔާތުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެކެވެ. ދިވެހި ރާއްޖޭގެ ފަރާތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ އިވެންޓުގެ ބައިން ދިވެހިރާއްޖޭގެ އަންހެން ޓީޓީ ޓީމް މިވަނީ ރަންމެޑަލް ހޯދައިފައެވެ. މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ގައުމު ދެކެ ލޯބިވާ އެންމެހާ ދިވެހި ރައްޔިތުން ދިވެހި އަންހެން ޓީޓީ ޓީމް މިހޯދި ފަހުރުވެރި ކާމިޔާބީ އަށާއި ރިވެތި ނަމަށް އެޓީމުގެ އެންމެހާ ކުޅުންތެރިންނަށް ފައްފަށުން ޝުކުރު ދަންނަވާނެއެވެ.

ޓީމުން ހޯދި ކާމިޔާބީގެ ވާހަކަޔާއެކު މިވަގުތު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބައްލަވާލެއްވުމަށް މޮރިޝަސް އަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެޓީމަށް މިއަދު ދެއްވި ސަޕޯޓާއި ހިތްވަރުގެ ވާހަކަވެސް މިވަނީ މީސްމީޑިޔާގައި ވަރަށް އަޑުގަދަކޮށް ދެކެވެން ފަށައިފައެވެ. އަދި ހާއްސަކޮށް މެޗު ނިމި ރާއްޖޭގެ ޓީމު ރަން މެޑަލް ހޯދުމާއެކު ރައީސް ކުޅިބައްލަވަން ހުއްނެވި ތަން ދޫކުރައްވައި ޓީމް ކައިރިއަށް ވަޑައިގެންނެވި ވީޑިއޯ ވަނީ ވައިރަލް ވެގެން ގޮސްފައެވެ.

https://twitter.com/Lucasjalyl/status/1152957433087528961

މިވީޑިއޯ މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ޝެއަރކުރި ގިނަ ފަރާތްތަކުން ބުނެފައިވަނީ ރައީސް ޓީމަށް ދެއްވި ސަޕޯޓާއި އަދި މެޗު ނިމުމުން ދުވެވަޑައިގެން ޓީމަށް މަރުހަބާ ދެންނެވި ދެންނެވުމުން ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައިވާ ގައުމީ ޖޯށު ފެނިގެންދާ ކަމަށެވެ. އަދި މިއީ ހަގީގީ ރައްޔިތުންގެ ރައީސެއްކަން ސިފަކޮށްވެސް ބައެއް ފަރާތްތަކުން މީސްމީޑިޔާގައި މިވީޑިއޯ ޝެއަރ ކޮށްފައި ވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވަނީ ޓުވިޓަރގައިވެސް ޓީމަށް މަރުހަބާ ދަންނަވާ އެޓީމަކީ ގައުމުގެ ފަހުރާއި ހިތްހަމަ ޖެހުން ކަމަށް ސިފަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
43
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Kanbulow ♥️

    Dhivehinge Gaumee Raees ♥️ Ibu

    8
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ