މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވެފައި ވަނީ މިއަހަރުގެ ބަޖެޓްގައި 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހިމަނާފައި ވާކަމަށެވެ. އޭގެތެރެއިން 1.1 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހާވާލުކުރައްވާފައި ކަމަށެވެ.
2019 ވަނަ އަހަރުގެ ބަޖެޓުގައި ބަނދަރުހެދުމުގެ 43 މަޝްރޫއަކާއި، މަގު ހެދުމުގެ 19 މަޝްރޫއަކާއި، ފެނާއި ނަރުދަމާގެ 53 މަޝްރޫއަކާއި، ފެނުގެ ނިޒާމުގެ 39 މަޝްރޫއަކާއި، ނަރުދަމާގެ 12 މަޝްރޫޢަކާއި، ޖެޓީ ހެދުމުގެ 2 މަޝްރޫއަކާއި، ބިންހިއްކުމުގެ 20 މަޝްރޫއެއްގެ އިތުރުން ގިރާ ސަރަޙައްދު ޙިމަޔާތްކުރުމުގެ 20 މަޝްރޫޢު ހިމަނާފައި ވާނެކަމުގައި މިނިސްޓަރ ވަނީ ވިދަޅުވެފައެވެ.
އޭގެތެެރެއިން 36 މަޝްރޫޢެއް މިހާރުވަނީ އެވޯޑުކުރެވިފައި ކަމަށާއި އޭގެ ތެރޭގައި ފެނުގެ ނިޒާމުގެ 3 މަޝްރޫއާއި، ނަރުދަމާގެ 1 މަޝްރޫއާއި، ފެނާއިއެކު ނަރުދަމާ 11 މަޝްރޫއާއި، ބަނދަރު ހެދުމުގެ 14 މަޝްރޫއާއި އަދި މަގު ހެދުމުގެ 7 މަޝްރޫއެއް މިހާރު ހިމެނެއެވެ.
އެކަށީގެންވާ ޢަދަދެއްގެ ފައިސާ އެކަށައަޅާފައި ނެތް މަޝްރޫޢުތައް އަހަރު ކުރީކޮޅު ފެށުމުން ފައިސާ ހުސްވެ، މަސައްކަތް ހުއްޓޭނެކަމަށްޓަކައި، އެމަޝްރޫޢުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަހަރުގެ ފަހުކޮޅުކަމަށް ވެސް މިނިސްޓަރ ވިދާލުވިއެވެ. އަދި "ބަޖެޓުގައި ހިމަނާފައި އޮތް އެއްވެސްކަމެއް އަޅާނުލާ ނުދާނެ،" ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.




