އައިއޯއަިޖީ - ޕެރަ އިވެންޓް 100 މީޓަރު ދުވުމުން މާޒިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފި

މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަ އެތުލެޓިކްސް އިވެންޓްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖެއި މުޅިން އަލަށް ވާދަކުރި ކެޓަގަރީގައި މާޒިން ތިން ވަނަ ހޯދިއިރު، މިއިވެންޓްގައި ތިން ގައުއުމަކުން ވާދަކޮށްފައިވެއެވެ.

މާޒިން ބުނިގޮތުގައި އުންމީދުކޮށްގެން ހުރީ ރަން މެޑަލްއަށެވެ. އަދި ރޭސް ފެށީވެސް އެއްއުންމީދުގައިކަމަށް މާޒިން ބުނިއިރު، ނައްޓާލިތަނުން ފައިގެ ކުޑަހުޅަށް އެރި ތަދެއްގެ ސަބަބުން ބޭނުންވި މިންވަރަށް ނުދުވެވުނީކަމަށްވެސް އޭނާ ބުންޏެވެ.

މިއީ މާޒިން، ކުޑަދުވަސްކޮޅެއްގެ ތަމްރީނުތަކާއި، ގަދަ ހިތްވަރާއެކު ހޯދި ތާރީޚީ ކާމިޔާބީއެކެވެ.

ލޯފަން ކުދިންގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މިޒުވާނާއަކީ ބްލައިންޑް އެސޯސިއޭޝަންގެ ކުރީގެ ރައީސްއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ