އައިއޯއައިޖީ - ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ލޯ މެޑަލް ހޯދައިފި


މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ ޤައުމީ އަންހެން ބެޑްމިންޓަން ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

ރައުންޑް ރޮބިން ލީގް އުސޫލުން ކުޅުނު މިއިވެންޓްގެ މެޗުތައް ރާއްޖެ އާއި މޮރިޝަސް އަދި ރީޔުނިއަން މިތިން ޓީމަށްވެސް ލިބިފައިވަނީ ޖުމްލަ ޕޮއިންޓެވެ.

އެހެންކަމުން މުބާރާތުގެ ނަތީޖާ ކަނޑައަޅަންޖެހުނީ މެޗު ސެޓު ގުނައިގެންނެވެ. ސެޓު ގުނައިގެން ރާއްޖެއަށް ލޯ މެޑަލް ލިބުނުއިރު މިމުބާރާތުގެ ރަންމެޑަލް ލިބުނީ ރީޔޫނިއަންއަށެވެ. އަދި ރިހި މެޑަލް ހޯދީ މޮރިޝަސްއެވެ.

މިއީ މިއަހަރު ގޭމްސްގައި ރާއްޖެއިން ހޯދި ފަސް ވަނަ މެޑަލްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ