15 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމުން ބައެއް ކުޅުންތެރިން ވަކިކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގައުމީ ޒުވާން ފުޓުބޯޅަ ޓީމުގެ ބޭއަދަބީ ވީޑިއޯއަކީ 2018 ވަނަ އަހަރު ނޭޕާލްގައި ކުޅުނު މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށާއި، އެ ވީޑިއޯގައި ފެންނަ ކުޅުންތެރިންގެ ތެރެއިން، މިހާރު ޓީމުގައި ތިބި ކުޅުންތެރިން ޓީމުން ވަކިކޮށްފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވީޑިއޯއަކީ މިހާރު އައްޑޫގައި ކުރިއަށްދާ ފަނަރަ އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ސޯޝަލް މީޑީއާގައި އާންމުވެފައިވާ ވީޑިއޯގައި ހިމެނޭ ބައެއް ކުދިން އައްޑޫގައި ކުރިއަށްދާ މުބާރާތަށް ނެގި ޓީމުގައި ވެސް ހިމެނޭ ކަމަށް އެފްއޭއެމްއިން ބުނެއެވެ. އެހެންކަމުން އެކުދިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއަކީ މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތެއްގައި ހިނގި ކަމެއްކަން އެނގިފައިވާކަމަށް އެފްއޭއެމްއިން އެބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އެކުދިން މިހާރު ޓީމުން ވަކިކޮށް މާލެ ގެނެސްފައިވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ އެފަދަ އަހުލާގީ ގޮތުން ދަށް ފަންތީގެ ކަންކަމަކީ އެފްއޭއެމްއިން ބަލައިގަންނާނެ ކަންކަން ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ