ދިވެހި ޙައްޖުވެރިންތަކެއް - ފޮޓޯ: ސަން

ޙައްޖަށްދާން ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕެންޝަނާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށައެޅުއްވި މި އިސްލާހު ފާސްވުމާއި އެކު، ޕެންޝަން ފަންޑުން ޙައްޖަށްދާން ނެގޭ ފައިސާގެ އަދަދު 50 ފަސެންޓުން 80 ޕަސެންޓަށް ވަނީ އިތުރު ކުރެވިފައެވެ. މި އިސްލާހު ފާސްވެފައިވަނީ 70 މެންބަރުންގެ ވޯޓާއެކުއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އޭރު ފާސްކުރި ގޮތުން ޕެންޝަން ޕަންޑުން ޙައްޖަށް ދާން ނެގޭނީ، ޙައްޖަށް ދާން ބޭނުންވާ ފައިސާގެ 50 ޕަސެންޓެވެ.

ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި މި ވަޢުދަށް ގިނަބައެއްގެ ތަރުޙީބު ވަނީ ލިބިފައެވެ.

ޕެންޝަން ފައިސާއިން ޙައްޖަށް މީހުން ފޮނުވަމުން ގެންދަނީ ޕެންޝަން އޮފީހުން ކަނޑައަޅަފައިވާ އުޞޫލުތަކެއްގެ ދަށުންނެވެ. އެ އޮފީހުން ކަނޑައަޅާފައިވާ ގޮތުގައި ޕެންޝަން ފައިސާ އިން ޙައްޖަށް ދެވޭނީ އެމީހެއްގެ އެކައުންޓްގައި މަދުވެގެން ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުރެއްޖެނަމައެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދަދަށް އެކައުންޓުގައި ފައިސާ ހުރީ 6000 މީހުންގެއެވެ.

މީގެ އިތުރުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ ފަރުޟު ޙައްޖުވުމަށް އެކަންޏެވެ. ޙައްޖަށް ދެވޭ ކަމުގެ ލިޔުން ޕެންޝަން އޮފީހަށް ހުށައެޅުމުން ކޮންމެ ފަރާތަކަށްވެސް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ފައިސާ އެ އޮފީހުން ދޫކުރާނެއެވެ.

ޕެންޝަން ފައިސާ އިން ޙައްޖަށް ދިއުމަށް ފައިސާ ނެގުމަށްފަހު އެއްވެސް ސަބަބަކާހުރެ ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ