ކްލަބުގެ ރެކޯޑު އަގަކަށް އާސެނަލްއިން ނިކޮލަސް ޕެޕޭ ގެނެސްފި

އިނގިރޭސިވިލާތުގެ ކްލަބެއްކަމަށްވާ އާސެނަލްއިން އެކްލަބުގެ ރެކޯޑު އަގަކަށް އައިވަރީކޯށްޓަގެ ކުރިއަށް ކުޅެމުން އަންނަ ނިކޮލަސް ޕެޕޭ ކްލަބަށް ގެނެސްފިއެވެ.

އާސެނަލްއިން މިފަހަރުގެ ޓްރާންސްފާ ޚަރަދުކުރުމަށް ބަޖެޓުގައި 45 މިލިއަން ޕައުންޑު ހަމަޖައްސާފައިވީނަމަވެސް މިއަދަދު ފަހާލައި އެކްލަބުން ޒުވާން ޕެޕޭ ގެނެސްފައިވަނީ 72 މިލިއަން ޕައުންޑަށެވެ.

ފްރާންސްގެ ލިލްއިން ގަތް އުމުރުން 24 އަހަރުގެ ނިކޮލަސް ޕެޕޭ އާސެނަލްއަށްއަޢި ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"ޕެޕޭއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިވަގުތު ވިސްނަމުންމިދަނީ މުޅި ޓީމު ރަނގަޅު ކުރެވޭނެފަދަ ކުޅުންތެރިންނަށް" އާސެނަލްގެ ކޯޗު އުނައި ބުންޏެވެ.

މީގެއިތުރުން އުނައި ބުނީ، މިދިޔަ ސީޒަނަށްވުރެ ރަނގަޅު ޓީމެއް މިސީޒަންގައި ބޭނުންކަމަށާއި، މިހާތުވެސް ކްލަބުގައި ވަރުގަދަ ޓީމެއް އޮތްއިރު، އިތުރަށް މުޅި ޓީމު ވަރުގަދަ ކޮށްދޭނެ ކުޅުންތެރިން ޓީމަށް ގެންނަން ބޭނުންވާކަމަށެވެ.

ޕްރިމިއާ ލީގުގެ ފަސްވަނާގައި މިދިޔަ ސީޒަން ނިންމާލި އާސެނަލްއަށް މިސީޒަންގރ ޗެމްޕިއަންސް ލީގު ގެއްލިފައިވާއިރު، ކުރިއަށް އޮތް ސީޒަންގައި އާސެނަލްގެ އެންމެ ބޮޑު ޓާގެޓަކަށްވާނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ