މެޑަމް ފަޒުނާ ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްގެ ނެޝަނަލް ހިސްޓްރީ މިއުޒިއަމާއި ޕަރސަވަރެންސް ސެކެންޑްރީ ސްކޫލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ބައެއް ފަރާތްތަކާއި ކިޔަވާކުދިންނާ ބައްދަލުކުރައްވައިފިއެވެ.

ސީޝެލްސްގެ މިއުޒިއަމަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއުޒިއަމްގައި ހުރި ސީޝެލްސްގެ މުއްސަނދި ޝަޤާފަތް ދައްކުވައިދޭ ތަކެތި ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕަރސަވަރެންސް ސެކަންޑަރީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލު ބައްލަވާލެއްވުމުގެ އިތުރުން އެޤައުމުގެ ތައުލީމީ ބައެއް ސިޔާސަތުތަކާއި އަދި ތައުލީމީ ދާއިރާގައި އެންމެ އިސްކަންދޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ސީޝެލްސްގެ އެޑިއުކޭޝަން އެންޑް ހިއުމަންރިސޯސް ޑިވެލޮޕްމެންޓް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒަށް ޒިޔާރަތްކުރައްވައި ޕްރިންސިޕަލް ސެކްރެޓަރީއާ ވެސް ބައްދަލުކުރައްވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ