ސްޕެއިންގެ ޤައުމީޓީމަށް ކުރިން ކުޅުނު ފާނަންޑޯ ޓޮރޭޒް ޕްރޮފެޝަނަލް ފުޓްބޯޅައިގައި ކުޅޭ ފަހުމެޗު މިއަދު ކުޅެފިއެވެ.
ޓޮރޭޒް ކެރިއަރު ނިންމާލާފައިވަނީ ޖަޕާނުގެ ސަގަން ޓޮސޫގައެވެ. އެކްލަބަށް ކުޅެދިން 39 މެޗުން ހަ ލަނޑު ޓޮރޭޒްވަނީ ކާމިޔާބުކޮށްދީފައެވެ.
އުމުރުން 35 އަހަރުގެ ޓޮރޭޒްވަނީ އެތުލެޓިކޯ މެޑްރިޑަށާއި، ލިވަޕޫލްގެ އިތުރުން ޗެލްސީއަށްވެސް ކުޅެދީފައެވެ.
ސްޕެއިން ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ޓޮރޭޒަކީ ސްޕެއިނުގެ ރަން ޖީލުގެ މުހިއްމު ކުޅުންތެރިއެކެވެ. ސްޕެއިންގެ ޤައުމީ ޓީމަށް 110 މެޗު ކުޅެދިން ޓޮރޭޒް ސްޕެއިންއާއެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އިތުރުން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯވަނީ ކާމިޔާބުކޮށްފައެވެ. ޓޮރޭޒް ކާމިޔާބުކުރި ދެ ޔޫރޯ މުބާރާތުގެ ފައިނަލްގައި އޭނާވަނީ ލަނޑުޖަހައިދީފައެވެ.
Fernando Torres has officially played his last football match, he recorded 300 goals for Club and Country
— Football Fans Tribe ?? ⚽ (@FansTribeHQ) August 23, 2019
? World Cup
?? Euros
? Champions League
?? Europa League
?FA Cup
El Nino, what a career... all the best in your retirement ? ? pic.twitter.com/x9t0ha74Es
މިއަދު ކުޅުނު މެޗުން ވިސެލް ކޮބޭއާ ބައްދަލުކޮށް ޓޮރޭޒް ކުޅުނު ސަގަން ޓޮސޫ ބަލިވެފައިވަނީ 1-6 ގެ ނަތީޖާއަކުންނެވެ.
ޓޮރޭޒް އެންމެ މަޝްޙޫރުވެގެންދިޔައީ ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރުއެވެ. 20 މިލިއަން ޕައުންޑަށް އެތުލެޓިކޯ ދޫކޮށް ލިވަޕޫލްއާއި ޓޮރޭޒް ގުޅުނޫ 2007 ވަނަ އަަރުއެވެ. އަދި ލިވަޕޫލަށް ކުޅެދިން 142 މެޗުން 81 ލަނޑު ކާމިޔާބުކޮށްދިނެވެ.
އެއަށްފަހު 2011 ވަނަ އަހަރު 50 މިލިއަން ޕައުންޑަށް ލިވަޕޫލް ދޫކޮށް ޓޮރޭޒް ޗެލްސީއާއި ގުޅުނެވެ. ލިވަޕޫލްގައި ލަނޑުޖެހިގޮތަށް ޗެލްސީގައި ޓޮރޭޒްއަށް ލަނޑު ޖެހިފައިނުވިނަމަވެސް، 2012 ވަނަ އަހަރު ޗެލްސީއާއެކު ޓޮރޭޒްވަނީ ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.
ޗެލްސީއަށް ކުޅެދިން 172 މެޗުން ޓޮރޭޒްއަށް ކާމިޔާބުކޮށްދެވުނީ 45 ލަނޑެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފައިވާކަން ޓޮރޭޒް އިޢުލާންކުރީ މިދިޔަ ޖޫންމަހުއެވެ.




