އައިއޯޖީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކަށް ފަރަންސޭސި ބަސް ދަސްކޮށްދެނީ

ދެހާސް ތޭވީސްވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކަށް ފަރަންސޭސި ބަސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ

މިގޮތުން މިނިސްޓަރ ޝާހިދު އާއި ހަވާލާދީ ޕީއެސްއެމްއިން ބުނެފައިވަނީ، އައިއޯޖީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ފަރަންސޭސި ބަސް ވަރަށް ގިނަ ބަޔަކަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ފަރަންސޭސި ވިލާތުގެ އެންބަސީއާއި ވާހަކަދައްކައިގެން ރާއްޖޭގެ ކުދިންނަށް ފަރަންސޭސި ބަސް ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތެއް ކުރުމަށް ނިންމާފައި ވާކަމަށެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެބޮޑު ކުޅިވަރުގެ ޢީދަށްވާއިރު، މިގޭމްސް އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަކީ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. 

ދެހާސް ތޭވީސްވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލަގްވާމީ ގޭމަށެވެ. މިގޭމްސް ބޭއްވުމަށް ވޯޓިންގައި މެމްބަރު 6 ޤައުމުން ވޯޓް ލާފައިވާއިރު ރާއްޖެއަށް ވަނީ 4 ވޯޓް ލިބިފައެވެ. ރާއްޖެއާއި ވާދަކުރި ކޮމޮރޯސް އާއި މަޑަގަސްކަރައަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ