ވެމްކޯ ޓީމު ތައްޓާއެކު. ފޮޓޯ: ހާފްކޯޓް މޯލްޑިވްސް

ވެމްކޯ 25 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމު ލަންކާއަށް

33 ވަނަ ނެޝަނަލް ޔޫތު ސަރވިސެސް ރުޕަވަހިނީ ވޮލީ ބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ވެމްކޯ 25 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމު އަވަށްޓެރި ސްރީލަންކާއަށް ފުރަން ތައްޔާރުވެއްޖެއެވެ.

މިފެށޭ ސެޕްޓެމްބަރު މަހުގެ 2 ކުން 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިވޮލީ މުބާރާތުގެ އަންހެން ބައިގައި ރާއްޖެއާއެކު ޖުމްލަ 6 ޓީމު ހިމެނެއެވެ. މި މުބާރާތަށް ވެމްކޯ ޓީމު ލަންކާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ.

މުބާރާތުގައި ބައިވެރިވާ ވެމްކޯ ޓީމުގެ އިސްފަރާތަކުން މިނޫހަށް ވިދާޅުވިގޮތުގައި އެކުންފުނީގެ ފަރާތުން މިމުބާރާތުގައި ބައިވެރިވާ ޓީމުގައި، އިންޑިއާގެ ޤައުމީ ޓީމުގެ ދެކުޅުންތެރިންނާއި، ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ 7 ކުޅުންތެރިންގެ ހިމެނޭއިރު ޓީމުގެ ސެޓަރަކަށް ހުންނާނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ސަމްކޮއެވެ.

މީގެއިތުރުން އެކުންފުނީގެ 4 މުވައްޒަފަކުވެސް މިޓީމުގައި ހިމެނޭއިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ ރާއްޖޭގެ ސީނިއާ ޤައުމީ އަންހެން ވޮލީ ޓީމަށް ކުރިން އިރުޝާދުދިން އަދީލް ކަމަށްވެސް އެފަރާތުންވަނީ މަޢުލޫމާތު ދީފައެވެ.

ވެމްކޯ ޓީމުގެ ކޯޗު އަދީލް މިނޫހަށް ވިދާޅުވީ، އުންމީދަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން ކަމަށެވެ.

މީގެއިތުރުން މިމުބާރާތަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށާއި، ޚާއްސަކޮށް ކުންފުނީގެ އެމްޑީގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށްލެވޭކަމަށްވެސް ވެމްކޯ ޓީމުގެ އިސް ފަރާތަކުން ވިދާޅުވިއެވެ.

މިއަހަރު ކުރީކޮޅު ކުރިއަށްދިޔަ، ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަން މުބާރާތުގެ ޗެމްޕިއަންކަންވެސް ވެމްކޯ އަންހެންޓީމުވަނީ ހޯދާފައެވެ. ޕޮލިސް ކްލަބާއި ވާދަކުރި އެފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ