ކިއެލީނީ ކަކުލުގެ ސާޖަރީއެއް ހަދަނީ

ޔުވެންޓަސް އަދި އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ ކަކުލުގެ ސާޖަރީއެއް ހަދަން ތައްޔާރުވެއްޖެއެވެ.

ކިއެލީނީގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވަނީ ޔުވެންޓަސްގެ ފަރިތަކުރުން ކުރިއަށް ގެންދަނިކޮށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކެއެލީނީގެ ކަކުލުގެ ސާޖިރީއެއް ހަދާނެކަމަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓައިސް ބުނެފައިވީނަމަވެސް އޭނާއަށް އެނބުރި ކުޅުމާއި ބައިވެރިވެވޭނެ ދުވަހެއް އަދި ނޭނގެއެވެ. އާންމުކޮށް މިކަހަލަ އަނިޔާތަކުން ސަލާމަތްވުމަށް ތިން މަހާއި ހަމަސް ދުވަހުގެ މުއްދަތެއް ނަގައެވެ.

ކުރިއަށް އިންޓަނޭޝަނަލް ބްރޭކްގައި އިޓަލީއިން އަރްމޭނިއާ އަދި ފިންލޭންޑާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ ކޮލިފައިން މެޗަށްވެސް ކެއިލީނީވަނީ ނަގާފައެވެ. ނަމަވެސް އޭނާގެ ބަދަލުގައި ފްރެންސެސްކޯ އަސެރބީވަނީ މިހާރު އިޓަލީ ޓީމަށް ނަގާފައެވެ.

އިޓަލީގެ ސީރީއާ މިދިޔަ ހަފްތާ ބަންދުގައި ފަށާފައިވާއިރު ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވަނީ އުމުރުން 35 އަހަރުގެ ކިއެލީނީ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ