އިކާޑީ އެންމެފަހުން އިންޓަރމިލާން ދޫކޮށް ޕީއެސްޖީއަށް

އިޓަލީގެ އިންޓަރ މިލާންއަށް ކުޅެމުންއައި އާޖެންޓީނާގެ ތަރި މައުރޯ އިކާޑީ އެކްލަބު ދޫކޮށް އެންމެފަހުން ފްރާންސްގެ ޗެމްޕިއަށް ޕީއެސްޖީއާއި ގުޅިއްޖެއެވެ.

ލޯނު އުސޫލުން ޕީއެސްޖީއަށް ބަދަލުވި އިކާޑީ އެކްލަބަށް ދިއުމަށްޓަކައި ދާދިފަހުންވަނީ އިންޓަރ މިލާންއާއެކު ހަދާފއިވާ އެއްބަސްވުމުގެ މުއްދަތުވެސް އިތުރުކޮށްފައެވެ.

މިއީ 70 މިލިއަން ޔޫރޯގެ ޓްރާންސްފާއެއް ކަމަށް ރިޕޯޓްތައް ބުނާއިރު، ޕީއެސްޖީ ބޭނުންނަމަ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީއަށް އިކާޑީ އެކްލަބުގެ ދާޢިމީ ކުޅުންތެރިއަކަށް ހެދިދާނެއެވެ.

އުމުރުން 26 އަހަރުގެ އިކާޑީއަށް މިފަހަކަށް އައިސް އިންޓަރ މިލާންގައި މައްސަލަތަކާއި ކުރިމަތިވެފައިވީނަމަވެސް، އޭނާއަކީ އިންޓަރގެ ސަޕޯޓަރުން ކުރިން ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގައި އިކާޑިވަނީ އިންޓަރގެ ކެޕްޓަންވެސް ކޮށްފައެވެ.

ސަޕޯޓަރުންނާއި އަދި ކްލަބާއި ޖެހުނު މައްސަލަތަކުގައި އިކާޑީ އަތުން ކްލަބުގެ ކެޕްޓަންކަން ގެއްލި ޖެހިގެން އައި ޔޫރޮޕާ ލީގު މެޗަށްދިއުމަށް އިކާޑީވަނީ ދެކޮޅު ހަދާފައެވެ. އަދި އިންޓަރއާއި އަލަށް ޙަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭވަނީ ކްލަބުގެ ބައެއް ފަރިތަކުރުންތައް އިކާޑީ ނުހިމަނައި ކުރިއަށް ގެންގޮސްފައެވެ.

އެހެންނަމަވެސް މައުރޯ އިކާޑީއަށް އެހެން ކުޅުންތެރިން ނޫނެކޭ ނުބުނާނެފަދަ ހުށަހެޅުންތައް ލިބުނުކަމަށާއި، އެހުރިހާ ހުށަހެޅުންތަކަކަށްވެސް އިކާޑީ ނޫނޭކޭ ބުނީ އޭނާ އިންޓަރމިލާންގައި މަޑުކުރަން ބޭނުންވާތީކަމަށް އޭނާގެ އޭޖޭންޓްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އަނބިމީހާ ވަންޑާ ނާރާވަނީ ދާދިފަހުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ