ރާއްޖޭގެ 61 ރަށެއްގައިއައުޓްޑޯ ޖިމްތައް ގާއިމްކުރުމަށްޓަކައި ސާމާނު ހޯދުމަށް ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ވެލާނާގޭގައި އޮތް ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީއާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންއާއި ދެމެދު ވެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަޙްމަދު މަޙްލޫފް ސޮއި ކުރެއްވިއިރު ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަޙްމަދު (މާއްޓޭ) އެވެ.
ސަރުކާރުގެ އަމާޒަކީ މިޤާއިމުކުރެވޭ ޖިމްތަކަކީ ރަނގަޅު ފެންވަރެއްގައި ޕްލޭންކުރެވިގެން ރައްޔިތުންނަށް އޭގެ ފައިދާ ވީހާވެސް ބޮޑަށް ލިބޭނެގޮތް ހެދުމެވެ.
" ދިވެހި ރައްޔިތުން ދުޅަހެޔޮ އަދި ހަށިހެޔޮ ކަންމަތީ ތިބުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް. އެކަމުގެ ދަށުން އަޅުގަނޑުމެން ބޭނުންވަނީ މި ގާއިމްކުރެވޭ ޖިމްތަކަކީ ވީހާވެސް ޕްލޭންކުރެވިގެން ސެޓަޕް ކުރެވޭ ޖިމްތަކަކަށް ހެދުމަށް. ރައްޔިތުންންވެސް އެމީހުން ހިތްހަމަޖެހިލައިގެން ބޭނުންވާ ކަހަލަ ކަސްރަތުތައް ކޮށްލެވޭ ކަހަލަ ޖިމްތަކަކަށް ހެދުން، '' ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން މިހާރުވެސް ރާއްޖޭގެ 60 ރަށެއްގައި ސްޕޯޓްސް ކައުންސިލަރުން މަސަތްކަތްކުރަމުން އަންނަ އިރު، އިތުރު 100 ރަށަކަށް ކައުންސިލަރުން ނެގުމުގެ މަސަތްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މަޚްލޫފްވަނީ ވިދާޅުވެފައެވެ.



