ހާޓު އެޓޭކެއްޖެހި ބްރެޒިލްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ކަފޫގެ ފިރިހެންދަރި ޑަނީލޯ މަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ޑަނީލިއޯ އޭނާގެ ދައްތަގެ އުފަންދުވަސް ފާހަގަކުރަން ސައޯ ޕައޯލޯގައި ގޮސްފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ހާޓު އެޓޭކް ޖެހިފައިވަނީ ފުޓުބޯޅަ ކުޅެން ހުއްޓައެވެ.
މިހާޓް އެޓޭކާއެކު ޑަނީލިއޯ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވިފައިނުވާއިރު، ހޮސްޕިޓަލްގައި އޮށްވާ އޭނާއަށްވަނީ ދެވަނަ ހާޓް އެޓޭކެއް ޖެހިފައެވެ.
މިހިތާމަވެރި ވަގުތުގައި ގިނަ ބަޔަކުދަނީ ކަފޫގެ ޢާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.
Everyone at UEFA wishes to send their sincerest condolences to Cafu following the passing of his son, Danilo.
— UEFA (@UEFA) September 5, 2019
The thoughts of the whole football world are with you and your family at this tragic time.
އުމުރުން 49 އަހަރުގެ ކަފޫވަނީ ފުޓްބޯޅައިގައި ހޭދަކުރި 16 އަހަރުގެ ކެރިއަރުގައި ބްރެޒިލް ޤައުމީޓީމަށް 150 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި ބްރެޒިލްއާއެކު 1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތަށި ކަފޫވަނީ އުފުލާލާފައެވެ.




