ޔޫއެސް އޯޕަން 2019 ގެ ފައިނަލްގައި އެންމެން ޙައިރާންކޮށްލުމަށްފަހު، ސެރީނާ ވިލިއަމް ބަލިކޮށް ޒުވާން ބިއަންކާ އެންޑްރީސްކޫ ތަށި އުފުލާލައިފިއެވެ.
އުމުރުން 37 އަހަރުގެ ސެރީނާ ވިލިއަމްސްއާއި ބައްދަލުކޮށް އުމުރުން 19 އަހަރުގެ އެންޑްރީސްކޫ މިމެޗު ކާމިޔާބުކޮށްފައިވަނީ 6-3، 7-5 ގެ ނަތީޖާއަކުންނެވެ.
އެމެރިކާގެ ފްލަޝިން މީޑޯސްގައި ކުޅުނު މިމެޗުގެ ކުރީކޮޅު ސެރީނާ ލީޑު ނެގިނަމަވެސް އެންޑްރީސްކޫގެ ހިތްވަރަށް ބަދަލެއްނައިސް ފަހުކޮޅު ސެރީނާއަށް ރަނގަޅު ފައިޓެއްދީ ސެރީނާ ބަލިކުރިއިރު، މިއީ މިކަހަލަ ވަރުގަދަ ފައިނަލަކުން ސެރީނާ ބަލިވި ހަތަރުވަނަ ފަހަރެއެވެ.

ޓީން އޭޖުގެ އަހަރުތައް ގުނަމުންދާ ކެނެޑާގެ އެންޑްރީސްކޫ މުބާރާތުގެ ތަށި އުފުލާލާފައިވާއިރު، މީގެ ކުރިން ޓީން އޭޖު ކުޅުންތެރިއެއް މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. ފްލަޝިން މީޑޯސްގައި ކުޅެވުނު އެމުބާރާތް ކާމިޔާބުކޮށްފައިވަނީ މާރިއާ ޝަރަޕޯވާއެވެ. އެއީ މީގެ 13 އަހަރު ކުރިއެވެ.
އަދި މިފަދަ ވަރުގަދަ މުބާރާތެއްގެ ތަށި އުފުލާލި ކެނެޑާގެ ފުރަތަމަ ކުޅުންތެރިއަކަށް އެންޑްރީސްކޫވަނީވެގެން ގޮސްފައެވެ. އަދި އެންޑްރީސްކޫއަކީ 2000 ވަނަ އަހަރުގެ ފަހުން އުފަންވި ކުޅުންތެރިންގެ ތެރެއިން ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
"އަހަރެން މިހުވަފެނީވަގުތު ދެކެމުން އަންނަތާ ދުވަސްތަކެއްވެއްޖެ. އަދި މިއަދު އަސްލަކަށް ވުމުން ޤަބޫލުކުރަންވެސްދަތި." އެންޑްރީސްކޫ ބުންޏެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅި ބަލަން ވަތްމިމެޗުގެ ބަލަންވަދެފައިވާއިރު، އޭގެތެރެއިން ގިނަ އަދަދެއްކެ ބަޔަކު ސަޕޯޓަރަމުންދިޔައީ ސެރީނާއަށެވެ. އަދި ޤަބޫލުކުރީވެސް ފަސޭހަކަމާއެކު ސެރީނާ މިމެޗު ކާމިޔާބުކުރާނެ ކަމަށެވެ. މެޗު ބަލަންހުރި ސަޕޯޓަރުންގެ ތެރޭގައި ސެރީނާގެ ގާތް އެކުވެރިއެއްކަމަށްވާ މޭގަންވެސް ހުއްޓެވެ.





