މިއަދު ފަތިހު ކުރިއަށްދިޔަ، ހަތަރު ގަޑިއިރަށްދިގު ދެމިގެންދިޔަ ފައިނަލަކަށްފަހު ފަހު ޔޫއެސް އޯޕަން 2019 ސްޕެއިންގެ ރަފޭލް ނަދާލް ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެސެޓް ނަދާލް ގެންގޮސްފައިވާއިރު، ފަހަތުން އަރައި ރަޝިއާގެ ޑަނިލް މެޑްވެޑެވްވަނީ އަނެއް ދެސެޓް ގެންގޮސްފައެވެ. އެއާއެކު 24000 އެއްހާ މީހުން ކުޅިބަލަން ވަދެއިން މިމެޗު ފޯރި އިތުރަށް ގަދަވިއެވެ. އަދި ފަސްވަނަ ސެޓުގެ ނަތީޖާގެ ބަލަން އިތުރަށް ކެތްމަދުވިއެވެ. ނަދާލްގެ ތަޖުރިބާއާއި ބުންވަރުން ގިނަ ބަޔަކު ހީކުރިގޮތަށް މެޗުގެ ފަހު ސެޓުން މޮޅުވެ މެޗު ކާމިޔާބުކުރީ ނަދާލްއެވެ.
އުމުރުން 33 އަހަރުގެ ނަދާލް މިމެޗު ކާމިޔާބުކޮށްފައިވަނީ 7-5، 6-3. 5-7، 4-6، 6-4 ގެ ނަތީޖާއަކުންނެވެ. މިއީ ނިއުޔޯކުގައި ނަދާލް ކާމިޔާބުކުރި ފަސްވަނަ ތައްޓެވެ.
މިއީ ނަދާލް ގްރޭންޑް ސްލޭމް ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އެހެންކަމުން އެންމެ ގިނައިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ސްވިސްގެ ރޯޖާ ފެޑެރާއާއި ހަމަކުރަން ނަދާލް ދެން ބޭނުންވަނީ އެންމެ ގްރޭންޑް ސްލޭމް އެކެވެ.

މިއަހަރުގެ ކުރީކޮޅު ނަދާލްވަނީ ފްރެންޗް އޯޕަންވެސް ކާމިޔާބުކޮށްފައެވެ. ޑޮމިނިކް ތީމްއާއި ބައްދަލުކުރި އެމެޗު 3-6، 7-5، 1-6 އަދި 1-6 ގެ ނަތީޖާއަކުން ނަދާލް ކާމިޔާބުކޮށްފައިވާއިރު، ފްރެންޗް އޯޕަން 12 ފަހަރެއްގެ މަތިން ނަދާލްވަނީ ކާމިޔާބުކޮށްފައިވެއެވެ.



