ދީމާ - ފޮޓޯ: ވާޖު

ދީމާގެ ކާމިޔާބީއަށް ބައި މިލިއަން ރުފިޔާ ލިބޭނެ - މަޙްލޫފު

އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރީތަނަން ހޯދައިދިން ދީމާގެ ކާމިޔާބީއަށް ބައި މިލިއަން ރުފިޔާ ލިބޭނެކަމަށް ޔޫތު މިނިސްޓަރ އޮފް ޔޫތު އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޙްލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަޙްލޫފްގެ ޓްވީޓުގައި ވިދާޅުވީ، އެމަނިކުފާނުގެ ޒިންމާގެ ތެރޭގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުން ހިމެނޭކަމަށާއި، ރާއްޖެއަށް ރީތިނަން ހޯދައިދޭން މަސައްކަތްކުރުން ހިމެނޭކަމަށެވެ.

އަދި ފުޓްބޯޅައަށާއި އެހެން ކުޅުވަރުތަކަށްވެސް ސަރުކާރުން ބޮޑު ޚަރަދެއްކުރާއިރު ނިމިގެންދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ދީމާއަށް 535000 (ފަސްލައްކަ ތިރީސްފަސް ހާސް) ރުފިޔާ ލިބޭނެކަމަށްވެސް މަޙްލޫފުވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖުލައިމަހު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގައި ދީމާވަނީ ރާއްޖެއަށް ތިން ރަން މެޑަލް ކާމިޔާބުކޮށްދީފައެވެ. ދީމާ ރަން މެޑަލް ހޯދާފައިވަނީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ އިތުރުން ޓޭބަލް ޓެނިސްގެ ޑަބަލްސް އިވެންޓުންނާއި ޓީމް އިވެންޓުންނެވެ. މިއަހަރުގެ ގޭމްސްގައި ދީމާ ކުޅުނު ތިން އިވެންޓުންވެސް ދީމާވަނީ ރަން މެޑަލް ހޯދާފައެވެ.  

މަޙްލޫފު މިހެންވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު، މިރޭ ޗައިނާއާއި ދެކޮޅަށް ރާއްޖެކުޅޭ ފުޓްބޯޅަ މެޗުން ރާއްޖެ ބަލިނުވެ ހިފަހައްޓައިލައިފިނަމަ، ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާގެ ބޯނަސްއެއް ދޭން މަޙްލޫފު މިއަދު ވިދާޅުވި ވިދާޅުވުމާއި އަމާޒުކޮށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ