ބޮޑު ތަފާތަކުން ޗައިނާއިން ރާއްޖެ ބަލިކޮށްފި

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅުނު ފުޓްބޯޅަ މެޗް ބޮޑުތަފާތަކުން ޗައިނާއިން ރާއްޖެ ބަލިކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ 20:00 ގައި މިރޭ ފެށުނު މިމެޗު ޗައިނާއިން ކާމިޔާބު ކޮށްފައިވަނީ 0-5 ގެ ބޮޑު ތަފާތަކުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 33 ވަނަ މިނިޓްގައި ޗައިނާ ޓީމުގެ މިޑްފީލްޑަރު ވޫ ޝީ ޖެހި ގޯލުންނެވެ. މިލަނޑު ވޫ ޝީ ކާމިޔާބުކޮށްފައިވަނީ ރާއްޖެ ޓީމުގެ ކެޕްޓަން އަކްރަމް އަށް އަނިޔާވެގެން ރާއްޖެ ގޯލު އޭރެއާތެރެއަށް ވެއްޓިފައި އޮތް ވަގުތުއެވެ.

ޗައިނާއިން އެމީހުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައި ވަނީވެސް ފުރަތަމަ ހާފުގައެވެ. މިގޮތުން މިލަނޑު ޗައިނާ އިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 43 ވަނަ މިނިޓްގައި ވޫ ލީ އެވެ. މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށްބުނެ ރާއްޖެ ޓީމުގެ ކުޅުންތެރިން އެޕީލްކޮށްފައި ވެއެވެ.

މެޗުގެ ދެވަނަ ހާފަށް ރާއްޖޭގެ ޓީމުން ނިކުމެފައިވަނީ އަލީ އަޝްފާގް (ދަގަނޑޭ) ނުލައެވެ. ދެވަނަ ހާފު ފެށިގެން ގޮސްފައިވަނީ ރާއްޖޭގެ ޓީމުން ރަނގަޅަށް ކުޅެއެވެ. މިގޮތުން ރާއްޖޭގެ ޓީމުންވަނީ ޗައިނާގެ އޭރިއާތެރެއަށް ބާރު ބޮޑުކޮށް ނުރައްކާ ކޮއްފައެވެ. ނަމަވެސް ރާއްޖެއާއި ދެކޮޅަށް ރެފުރީ ދެއްކި ދެޕެނަލްޓީއާއެކު ރާއްޖޭގެ ކުޅުން އެކީއެކަށް ގެއްލިގެން ދިއައެވެ.

މިގޮތުން ޗައިނާއަށް ފުރަތަމަ ޕެންލްޓީ ދީފައިވަނީ މެޗުގެ 63 ވަނަ މިނެއްޓުގައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީފައިވަނީ ޔާން ޝޫ އެވެ. އަދި މެޗުގެ ދެވަނަ ޕެނަލްޓީ ޗައިނާއަށް ދީފައިވަނީ އަކުރަމް ކުރި ކުށަކާއި ގުޅިގެން މެޗުގެ 83 ވަނަ މިނެއްޓުގައެވެ. މި ޕެނަލްޓީ ޗައިނާއަށް ކާމިޔާބު ކޮށްދީފައިވަނީ އެލްކެސަންއެވެ. މިމެޗުގައި އަކުރަމަށްވަނީ ރަތްކާޑު ދައްކައިފައެވެ.

ޗައިނާގެ ފަސްވަނަ ލަނޑު އެޓީމުން ކާމިޔާބުކޮށްދީފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑުވެސް ޗައިނާއަށް ކާމިޔާބު ކޮށްދީފައިވަނީ އެލެކްސަން އެވެ.

މިނަތީޖާއާއެކު ޗައިނާއިންވަނީ ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެ ވަނައިގައި އޮތީ ސީރިއާއެވެ. ތިން ވަނައިގައި އޮތީ ފިލިޕީންސްއެވެ. ހަތަރު ވަނައިގައި އޮތީ ރާއްޖެއެވެ. އަދި ފަސް ވަނައިގައި އޮތީ ގުއާމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެހެންކަމެއް ހޯދަންވީނު..

    ނަސީބެއް އެހެންނޫނަމަ ރައްޔިތުންގެ ދައުލަތުގެމާލް ހުސްކޮށްލާނެ..މަހްލޫފް މެން ކަހަލަ ރައްޔިތުންނަށް ގައްދާރުވާމީހުން…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ