ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޯށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާ ދެމެދަށެވެ.
މިއަދު ހެނދުނު 10:00 އިން ހަވީރު 04:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާ ދެ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެއަސަރު ފޯރާ، ގުގުރުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.
އިރުއުތުރާއި އިރުން، އެންމެ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގާތްްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކަނޑުދަތުރުކުރަށްވާ ފަަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުތަކުގައި ދަތުރުކުރައްވާ ފަރަތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.




