ބާސެލޯނާއަށް ކުޅުނު ތުރާންއަށް 32 މަހުގެ ކޯޓު ޙުކުމެއް އަތުވެއްޖެ

ކުރިން ބާސެލޯނާއަށް ކުޅުނު ޓާކީގެ ތަރި އަރދާ ތުރާންއަށް 32 މަހުގެ ކޯޓު ޙުކުމެއް އަތުވެއްޖެއެވެ.

ތުރާންއަށް މިޙުކުމް އައިސްފައިވަނީ ހޮސްޕިޓަލެއްގައި ބަޑި ޖެހައި އެތަނުގައި ތިބި މީހުންގެ މެދުގައި ހާސްކަން އުފެއްދުމާއި، ޤާނޫނާއި ޚިލާފަށް ހަތިޔާރެއް ގެންގުޅުމުގެ އިތުރުން ބަޔަކަށް އަނިޔާވާފަދަ ޢަމަލެއް ޤަސްތުގައި ހިންގުމުގެ މައްސަލައިގެ ދަޢުވާގައެވެ.

މިހާދިސާގައި ތުރާންގެ މައްޗަށް ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ޙުކުމެއް އައިސްފައިވީނަމަވެސް މިދުވަސްތަކުގައި ތުރާން އިތުރު އެއްވެސް ކުށެއް ނުކުރާނަމަ ޖަލުގައި މިޙުކުމް ތަންފީޒު ކުރަންނުޖެހި ވާނެއެވެ.

ލޯނު ޢުސޫލުން އިސްތަންބޫލްގެ ބަސަކްޝީރަށް ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ތުރާން މިޢަމަލު ހިންގާފައިވަނީ ޓާކީގެ ޕޮޕް ސަޓާރެއްކަމަށްވާ ބާކޭ ސާހިންއާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުމަކަށްފަހުގައެވެ. މިހަމަ ނުޖެހުމުގައި ތުރާމްވަނީ ސާހިންގެ ނޭފަތްވެސް ބިންދާލާފައެވެ. އަދި މަޢާފަށް އެދެން ހޮސްޕިޓަލަށްދިޔަ ތުރާން ހޮސްޕިޓަލްގެ ބިންމައްޗަށް ބަޑިޖަހާފައިވަނީ މިދެމީހުންގެ ދެމެދު އެތާ ހިނގާދިޔަ ޒުވާބަކަށްފަހުގައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތުރާންއާއި ސާހިންއާއި ދެމެދު މައްސަލަޖެހުނީ ނައިޓް ކްލަބެއްގައި ތުރާން ސާހިންގެ އަނބިމީހާއާއި ވާހަކަ ދައްކަން އުޅުމުންނެވެ. މިދިޔަ އޮކްޓޯބަރުމަހު ހިނގާދިޔަ މިހާދިސާގައި ތުރާންގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމުގެ ދަޢުވާވެސްވަނީ ކުރެވިފައެވެ.

މީގެއިތުރުން ތުރާންގެ މިހާރުގެ ކްލަބު، ބަސަކްޝީރުވަނީ އޭނާ 350،000 ޕައުންޑުން ތުރާން ޖޫރުމަނާވެސް ކޮށްފައެވެ.

ތުރާންގެ މިޢަމަލާއިމެދު ހިތްދަތިވެ އޭނާވަނީ ބުދަދުވަހު އާޢިލާއާއި ކްލަބުގެ ފަރާތުން މަޢާފަށްއެދިފައެވެ.

"މިހިނގާދިޔަ ހާސިދާތަކުން އަންނަށް ފިލާވަޅެއް ލިބިއްޖެ. އަހަންނަށް ހެދުނު ގޯސްތަކަށް ކްލަބުގެ ފަރާތުންނާއި އާޢިލާގެ ފަރާތުން މަޢާފަށް އެދެން. އަހަރެންގެ އެންމެ ބޮޑު އަމާޒަކީ އާޢިލާއާއި ކްލަބުގެ އިތުރުން ރަޙުމަތްތެރިވެސް ފަޚްރުވެރިވާފަދަ މީހަކަށްވުން." ތުރާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ