"އަހަރެމެން އިންގްލޭންޑަށް ކުޅުނު ދުވަސްވަރު ކޯޗަކަށް ގާޑިއޯލާ ހުރިނަމަ ގިނަ ކާމިޔާބީތަކެއް ލިބުނީސް"

އިންގްލޭންޑުގެ ރަން ދުވަސް ދުވަސްވަރު އެޓީމަށް އިރުޝާދު ދިނުމަށް ޕެޕް ގާޑިއޯލާ ހުރިނަމަ، ގިނަ ކާމިޔާބުތަކެއް ހޯދައި ގިނަ ތަށިތަކެއް އުފާލާލެވުނީސްކަމަށް އިންގްލޭންޑްގެ ކެޕްޓަން ވޭން ރޫނީ ބުނެފިއެވެ.

ރޫނީ އިޝާރާތްކޮށްފައިވަނީ މީގެ ދިހަ ވަރަކަށް އަހަރުން ކުރިން އިންގްލޭންޑްގައި އޮތް ވަރުގަދަ ޓީމަށެވެ،

"މީގެ ދިހައަހަރު ކުރީގެ އިންގްލޭންޑް ޓީމުގައިހުރީ އޭރު ދުނިޔޭގައިހުރި އެންމެ މޮޅެތި ކުޅުންތެރިންގެ ގްރޫޕެއް." ރޫނީ ބުންޏެވެ.

އެދުވަސްވަރު އިންގްލޭންޑަށް ޤައުމީޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންނަކީ ރިއޯ ފާޑިނަންޑް، ޖޯން ޓެރީ، އޭޝްލީ ކޯލް، ސްޓީވަން ޖެރާޑް، ޕައުލް ސްކޯލްސް، ފްރޭންކް ލަމްޕާޑް، ޑޭވިޑް ބެކަމް އަދި މައިކަލް އޮވެންއާއި ވޭން ރޫނީއެވެ.

އަދި މިކުޅުންތެރިންގެ ގްރޫޕަށް ގާޑިއޯލާ އިރުޝާދު ލިބުނު ނަމަ ހުރިހާ މުބާރާތެއް ކާމިޔާބުކުރީސްކަމަށާއި އެކަމުގައި ސުވާލެއްވެސްނެތްކަމަށް ރޫނީވަނީ ބުނެފައެވެ.

އިންގްލޭޑް ޤައުމީ ޓީމަށް 120 މެޗު ކުޅެދީފައިވާ ރޫނީ އެޓީމާއެކު ބޮޑު ހަ މުބާރާތެއްގައި ކުޅެފައިވާއިރު، އެއިން އެއްވެސް މުބާރާތެއްގައި ކުއާޓާ ފައިނަލަށްވުރެ ދުރަށް ގޮސްފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ