އައްޑޫ ސިޓީ ހުޅުދޫ ރައްޔިތުންގެ ތެރެއިން ކޮމްޕިއުޓަރ ސިސްޓަމް ބޭނުންވާ އާއިލާތަކަށް ސައިރިކްސް ކޮލެޖުން ހިލޭ ކޮމްޕިއުޓަރ ސިސްޓަމް ހަވާލުކޮށްފިއެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ، ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ހުޅުދޫ ރައްޔިތުންގެ ތެރެއިން ކޮމްޕިއުޓަރަށް ބޭނުންވެފައިވާ އާއިލާތަކަށް 68 ކޮމްޕިއުޓަރ ސިސްޓަމް މުޅިން ހިލޭ ހަވާލުކޮށްފައިވާ ކަމަށެވެ.
"އަދި މިފަދަ އެއްބުރު ވަރަށް އަވަހަށް އޮންނާނެ. ދެން އޮންނާނީ ކޮމްޕިއުޓަރ ޓްރެއިނިންގ ޕްރޮގްރާމެއް މުޅިން ހިލޭ ހިންގައިދިނުން." އަޙްމަދު ޝަރީފް ވިދާޅުވިއެވ.
#CyryxCollege ge #CSR ge dashun S.Hulhudhoo ge Rahyithunge therein computer ah beynunvefaivaa aailaathakah 68 computer system mulhin hiley miadu havaalukohdeefin. Adi mifada ehburu varah avahah ohnaane. Den ohnaanee computer training program eh mulhin hiley hingaidinun. pic.twitter.com/9WgrpOEPe7
— Ahmed Shareef (@shar_f) September 15, 2019
ކޮމްޕިއުޓަރަށް ބޭނުންވާ އާއިލާތަކަށް ކޮމްޕިއުޓަރ ސިސްޓަމް ހަވާލުކުރިއިރު، ސައިރިކްސް ކޮލެޖުން އައްޑޫ ސިޓީގައި ޑިނގާ ފާމެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
އައްޑޫ ސިޓީ ހުޅުމީދޫގައި ތަރައްޤީކުރާ ޑިނގާ ފާމަކީވެސް ސައިރިކްސް ކޮލެޖްގެ ސީއެސްއާރުގެ ދަށުން ހިންގާ މަޝްރޫއެކެވެ. ޝަރީފް ވިދާޅުވެފައިވަނީ، ޑިނގާ ފާމް ތަރައްޤީކޮށް ރާއްޖޭގެ ރިސޯޓްތަކަށާއި ރެސްޓޯރެންޓްތަކަށް ޑިނގާ ސަޕްލައި ކުރެވިދާނެ ކަމަށާއި، ހަމަ އެއާއެކު ބޭރު ޤައުމުތަކަށް އެކްސްޕޯޓްވެސް ކުރެވިދާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ކުންފުނިތަކުން އެ ފަރާތްތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (އިޖުތިމާއީ ޒިންމާ) ގެ ދަށުން މިފަދަ މުހިންމު ޕްރޮގްރާމްތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.



