ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ފެށުމަށް އިނގިފައިވާ ގޮތުގައި މި ދެކުޅުންތެރިން ޖޫރިމަނާ ކުރުމަށް އެފްއޭއެމުން ނިންމައިފައިވަނީ ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ޓީމްގައި ހިމެނުމުން ޕްރެކްޓިސްގައި ބައިވެރިވެފައި ނުވާތީ އާއި އަދި ވޯލްޑްކަޕުގެ ކޮލިފިކޭޝަނުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ވިސާ ނެގުމަށް ސްރީލަންކާ އަށް ދަތުރުކޮށްފައި ނުވާތީއެވެ.
މައުލޫމާތު ލިބޭގޮތުގައި މީގެން ކޮންމެ ކުޅުންތެރިއަކު 50،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެފްއޭއެމް އިން ނިންމައިފައި ވެއެވެ.
އަދި މިފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ދެކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމުންވަނީ އަންގައިފައެވެ.
ސެންޓޭ އަދި ރިޒޭއަކީ އީގަލްސް އަށް ކުޅެމުން އަންނަ ދެކުޅުންތެރިންނެވެ.




