ފުރަތަމަ ފަހަރަށް ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް ލޯ މެޑަލް ހޯދައިފި

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ ފުޓްބޯޅަ ޓީމް ބޫޓާން ބަލިކޮށް މުބާރާތުން ލޯ މެޑަލް ހޯދައިފިއެވެ..

މިއީ ރާއްޖޭގެ ތާރީހްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް ލޯ މެޑަލް ހޯދިފަހަރެވެ.

މިއަދު ކުޅުނު މެޗްގައި ރާއްޖެ އިން ބޫޓާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗްގައި ބޫޓާން ކޮޅަށް ލަނޑު ޖެހީ ރާއްޖޭގެ އިބްރާހިމް އިމްރާން އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާ އާއި ބައްދަލުކޮއް 4-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ މިފަހަރުގެ މުބާރާތް ސެމީ ފައިނަލާއި ހަމައިން ނިންމާލިއިރު މިއީ މި މުބާރާތުގެ ސެމީ އަށް ރާއްޖެ ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ބޭއްވި ޗެމްޕިއަންޝިޕްގައި ޒުވާން ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ ބަލިވެފައެވެ.

މި މުބާރާތަށް ދިއުމުގެ ކުރިންވެސް ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ދިވެހި ޓީމުގެ އަމާޒަކީ ސެމީ އަށް ދަތުރުކުރުން ކަމުގައި ކަމަށެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ޓީމުގެ ފަރާތުން މިދިޔަ ދެ މުބާރާތާއި އަޅާބަލާއިރު މި މުބާރާތުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ދެ މެޗުގައިވެސް ޒުވާން ޓީމުގެ ގޯލްކީޕަރުގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ