އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

އިސްލާމިކް މިނިސްޓްރީ ހުއްޓާ މިޤައުމު އަމާނެއް ނުވާނެ - ޝަހިންދާ

މައްސަލަ ގޯސްވެފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއީލްގެ ހޫނު ހަމަލާތަކެއް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށާއި، ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފަށް އަމާޒުކޮށްފިއެވެ.

ޝަހިންދާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާއި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފަކީ ދިވެހިރާއްޖޭގެ ހަލާކު ކަމަށާއި، މަޙްލޫފާއި އިސްލާމިކް މިނިސްޓްރީ ހުއްޓާ މިޤައުމު އަމާން ނުވާނެ ކަމަށެވެ.

"ނަމަނަމަ އަޙްމަދު މަޙްލޫފް ވެސް އިސްލާމިކް މިނިސްޓްރީންވެސް މިރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރާ، މަރަން ގޮވާލައި، ބިރު ދައްކައި، ޒުވާނުން ހަލާކުކުރާ ބަޔަކާ އަޅާނުލާތި. ކަލޭމެން ތީ މިޤައުމުގެ ހަލާކު.ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިޔަސް ކަލޭމެން ތިއްބާ މިތަން އަމާނެއް ނުވާނެ." ޝަހިންދާ އިސްލާޢީލްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ޝަހިންދާގެ ހަމަލާތަކެއް އިސްލާމިކް މިނިސްޓަރީއަށް އަމާޒުކުރިއިރު، ޑިމޮކްރަސީ ނެޓްވޯކް އިން ޢާއްމުކުރި ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާތީ، އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް އެ މިނިސްޓްރީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފަށް ޝަހިންދާ ފާޑުވިދާޅުވެފައި މިވަނީ، ޑިމޮކްރަސީ ނެޓްވޯކްގެ ރިޕޯޓްގައި ދީނަށް ފުރައްސާރަ ކޮށްފައިވާތީ އެކަން ބަލައި ނުގަނެވޭ ކަމަށާއި، އެއީ ސަޅި ކަމެއް ނޫންކަމަށް ބުނެފައިވަނިކޮށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ޢާއްމުކޮށްފައިވާ ރިޕޯޓްގައި މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫ ޖަހާފައިވާއިރު، ގިނަ ބަޔަކު އެ ޖަމްއިއްޔާ ބަންދުކުރުމަށް ގޮވާލައި މީސްމީޑިއާގައި ފެށި ކެމްޕޭން ވަނީ ހޫނުވެފައެވެ.

އެމްޑީއެން އާއި ދެކޮޅަށް މީސްމީޑިއާގައި ވާހަކަ ދައްކާ މައްސަލަ ފުލުހުންނަށް ހުށަހަޅައި، އެ ޖަމްއިއްޔާގެ މީހުންނަށް އިންޒާރުދޭ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. އަދި އެ މައްސަލައިގެ ތެރެއިން ދީނަށް ފުރައްސާރަކުރި މައްސަލަވެސް ބަލާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްޑީއެންގެ ވެރިންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރުވެސް، އެ މައްސަލައިގައި އެއްވެސް މީހަކާ ސުވާލުކޮށްފައިވޭތޯ އިއްޔެއިން ފެށިގެން ސުވާލުކުރުމުންވެސް ފުލުހުން ވަނީ ޖަވާބެއް ދިނުމަށް ނުކުޅެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

4 Responses

  1. ހިނި

    މިހިނިތައް ހޮރުން ނުކުމެގެން މިުޅެނީ މޮޔަވެގެންތަ

  2. fathun

    Allah ge iraadha fulhun islam dheen mi gaum in fohe eh nuleveyne …..

  3. Saman

    Hatthaves ibura

  4. އިއާ

    މީ ކީއްވެގެން އުޅޭ މީހެއްތަ؟އިސްލާމް ދީނަށް ލޯބި ނުކުރާ މި ދީނަށް ފުރައްސާރަ ކުރާ މީހުން މިގައުމުން ދާންވީނުު.
    ވަކި ބަޔަކު އައިމަ މިމީހުންގެ އަޑު ގަދަވާނެ.

    20
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ