ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފޯން | ފޮޓޯ: ޕޮލިސް މީޑިއާ

މޯބައިލް ފޯނަކާއި 3 ކުލަދަޅު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

މޯބައިލް ފޯނަކާއި ތިން ކުލަދަޅު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެމީހުން މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ވަގަށް ނަގައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ ނިޕޯން ޕެއިންޓް ބުރޭންޑުގެ ފަސް އެމްއެލް ގެ ތިން ކުލަ ދަޅާއެކު 29 އަހަރުގެ ޒުވާން ފިރެހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

އަދި މިރޭ 20:10 ހާއިރު ވަގަށް ނަގައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ ޖޭޓޫ ޕްރޯ އެއް ހިފައިގެން އުޅުނު 39 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

މިދެމައްސަލަވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވައްކަމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މަގުމަތިން ހުއްޓުވައި ބަލައި ފާސްކޮށް ވަގަށް ނަގައިފައިވާ ތަކެއްޗާއެކު މިފަދަ ފަރާތްތައް ހައްޔަރުކުރުން މިފަހުން އައިސްވަނީ ގިނަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ