ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ރާއްޖޭގައި!

ބޮލީވުޑްގެ މަޤުބޫލުތަރި ސޯނަމް ކަޕޫރު އޭނަގެ ފިރިމީހާ އަނަންދް އަހޫޖާ އާއެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އަދި ސޯނަމްގެ ދައްތަ ރިއާ ކަޕޫރުވެސް އޭނަގެ ލޯބިވެރިޔާއާއެކު މި ދަތުރުގައި ބައިވެރިވެފައިވެއެވެ.

2018 ވަނަ އަހަރު ސޯނަމް އަދި އަނަންދު ކައިވެނިކޮށްފައިވާއިރު، މި މީހުން ޗުއްޓީ ހޭދަކުރަމުންދަނީ ސޮނޭވާ ފުށީގައެވެ. ސޯނަމް އޭނަގެ ފިރިމީހާ އަދި ދައްތަ ރިއާ ގެ ލޯބިވެރިޔާއާއެކު ސޮނޭވާ ފުށީގައި ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯތައް އިންސްޓަގްރަމްގައި ވަނީ އިއްޔެގެ ވަގުތެއްގައި ހިއްސާކޮށްފައެވެ.

އެގޮތުން މި ހަތަރު ބައިވެރިން އެކު ސީ ޕްލޭނެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއްވެސް ސޯނަމް ހިއްސާކޮށްފައިވާއިރު، ސޮނޭވާ ފުށީގެ ހިތްގައިމު ތަންތަންވެސް އޭނަގެ އިންސްޓަގްރަމް ސްޓޯރީއަށް ވަނީ ލާފައެވެ.

ސޯނަމް ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ، އޭނަގެ ބައްޕަ އަނިލް ކަޕޫރް އާއެކު ފެނިގެންދިޔަ ފިލްމް "އެކް ލަޅްކީކޮ ދާކާތޮ އޭސާ ލަގާ"އިންނެވެ. ސޯނަމްގެ މަގުބޫލު ފަހުގެ ކާމިޔާބު ފިލްމް ތަކަށް ބަލާއިރު، ނީރްޖާ، އަދި ވީރެ ދި ވެޑިން ފާހަގަކޮށްލެވެއެވެ.

"ވީރެ ދި ވެޑިން" އަކީ ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރު ޑައިރެކްޓްކޮށްފައިވާ ފިލްމްކެވެ. މީގެ އިތުރުންވެސް ރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމްތަކަށް ބަލާއިރު، އައިޝާ، އަދި ހޫބްސޫރަތް ފާހަގަކޮށްލެވެއެވެ.

ސޯނަމް އަދި ރިއާ އެ ދެމީހުންގެ ބައިވެރިންނާއެކު ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އަންނައިރު، ރާއްޖެއަކީ، ބޮލީވުޑްގެ މަޤުބޫލު އެހެން ތަރިންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ.

ސޯނަމް ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ "ޒޯޔާ ފެކްޓާ"އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ