މާލޭ މަހުޖަނަކު ކައިވެނި ކުރާނެ ލޫޅާފަތި ރީތި ކުއްޖަކު ހޯދަނީ!

އުމުރުން 63 އަހަރުގެ މާލޭ މުއްސަންޖަކު ކައިވެނިކުރަން ޒުވާން ލޫޅާފަތި ރީތި އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މީސްމީޑިއާގައި ހަޔާތުގެ ބައިވެރިޔާ ހޯދާދޭކަމަށް ބުނާ “ކައިވެނި ޕޭޖް” ގައިކޮށްފައިވާ ވީއައިޕީ ޕޯސްޓެއްގައި ބުނެފައިވަނީ އުމުރުން 63 އަހަރުގެ ފިރިހެނަކު ކައިވެނި ކުރާނެ ކުއްޖަކު ބޭނުންވާކަމަށެވެ. މިޕޯސްޓްގައި ބުނެފައިވަނީ ފިރިހެންމީހާއަކީ މާލޭ މީހެއް ކަމަށާއި، މަސައްކަތް ކުރަނީ ޓުވަރިޒަމް ވިޔަފާރީގައި ކަމާއި، މާލޭގައި 10 ބުރިއަށް ތަރައްޤީ ކޮށްފައިވާ ގެއެއް ހުންނައިރު، އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 450،000ރ ގިނަ ރުފިޔާ ލިބޭ ކަމަށެވެ.

މިޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މިފިރިހެން މީހާއަކީ ކައިވެންޏެއްކޮށް ވަރިވެފައިވާ މިހެއް ކަމަށާއި، މީނަގެ ދެ ދަރިން ތިބޭކަމަށެވެ.

ކައިވެނި ކުރަން ބޭނުންވާ އަންހެން މީހާގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތަކެއްވެސް މިޕޯސްޓްގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކައިވެނި ކުރަން ބޭނުންވަނީ އުމުރުން 18 އަހަރާއި 38 އަހަރާއި ދެމެދު ހެޔޮލަފާ ކުއްޖެއް ކަމަށާއި، އިނދެވަރިވެ އެއް ކުއްޖެއް ހުއްޓަސް އެންމެ މައްސަލައެއް ނެތްކަމަށް މި ޕޯސްޓްގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ލޫޅާފަތި، ހަށިހެޔޮ ކުއްޖަކަށް އިސްކަން ދެވޭނެ ކަމަށްވެސް މިޕޯސްޓްގައި ބުނެފައިވެއެވެ.

”ކައިވެނި ޕޭޖް” އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ޕޭޖްއެކެވެ. މީގެ ކުރިންވަނީ ދިވެހި މިލިއަނަރެއްގެ އިތުރުން ދިވެހި ސަރުކާރު ކުންފުންޏެއްގެ ސީއީއޯ އަކުވެސް ކައިވެނިކުރަން ލޫޅާފަތި ކުއްޖަކު ހޯދުމަށް ކައިވެނި ޕޭޖް މެދުވެރިކޮށް އިއުލާނުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    ހޭބަލިވެގެންއުޅޭ މީހެއް. މިހާރު ރަގަޅަށް ހިއްލާވެސްނުލާނެ

    9
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ