ހެންވޭރުގައި ހިންހި ބޮޑު އަލިފާނުގެ ހާދިސާހެ ތެރެއިން / ފޮޓޯ:ފުލުހުން

މާލެ ފަޔަރ ރިލީފް އެކައުންޓު 2.5 މިލިއަން ރުފިޔާއާއެކު ބަންދުކޮށްފި

20 ސެޕްޓެމްބަރު 2019 ގައި މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުވި މާލެ ފަޔަރ ރިލީފް އެކައުންޓަށް 2.5 މިލިއަން ރުފިޔާއާއެކު ބަންދުކޮށްފިއެވެ.

މިދިޔަމަހުގެ 22 ވަނަ ދުވަހު ހުޅުވި އެއެކައުންޓް މިއަދު 04:00 ގައި ބަންދުކޮށްފައިވާއިރު، ޖުމްލަ 2،528،833.37 ރުފިޔާ އެއެކައުންޓަށް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވިދާޅުވެފައެވެ.

މިހާދިސާގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރުން ވަނީ ގެއްލުމުގެ 20 އިންސައްތަ ދިނުމަށް ނިންމާފައެވެ.

މިހާދިސާއާއި ގުޅިގެން އާންމު ރައްކާތެރިކަމަށް 9 ޢިމާރާތެއް ތަޅާލެވިފައިވާއިރު، 6 ޢިމާރާތަކަށް ދިރިނޫޅެވޭ ވަރުގެ ގެއްލުން ލިބިފައިވާވެއެވެ. އަދި 5 ޢިމާރާތެއްގެ އިތުރު މަރާމާތްތައް ކުރަން ޖެހިފައިވާއިރު، 11 ވަގުތީ ގޮތުން މީހުން ބަދަލުކުރެވުނު 11 ޢިމާރާތެއްގައި މިހާރު ދިރިއުޅެވޭނެކަމަށް ކަނޑައެޅިފައިވާވެއެވެ.

މީގެއިތުރުން 46 އަހަރުގެ އަންހެނަކު މިހިތާމަވެރި ހާދިސާގައި ނިޔާވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ހާލުގައި ޖެހިފައިވާ މީހުނަށް މިހާރު ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ