އަލްގައިދާގެ އިސް ލީޑަރަކު މަރާލައިފި

އަލްގައިދާގެ އިސް ލީޑަރެއް ކަމަށްވާ އާސިމް އުމަރު މަރާލައިފައި ވާކަމަށް އަފްގާނިސްތާނުގެ އިންޓެލިޖެންސް އެޖެންސީއިން ބުނެފިއެވެ.

އިންޓެލިޖެންސް އެޖެންސީއިން ބުނެފައިވަނީ، އާސިމް އުމަރު މަރާލައިފައިވަނީ އެމެރިކާ އާއި އަފްގާނިސްތާން ސިފައިން ގުޅިގެން މިދިޔަ މަހު 23 ވަނަ ދުވަހު އަފްގާނިސްތާނުގެ ހިލްމަންޑް ޕްރޮވިންސްގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާ އަދި ތޯލިބާނުންވެސް އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާ ސަބްކޮންޓިނެންޓުގެ އަލްގައިދާ ގޮފީގެ އެންމެ އިސްވެރިޔާ މަރާލުމަށް ހިނގި އޮޕަރޭޝަނުގައި އާމުންގެ 40 މީހަކު މަރުވެފައިވާކަމަށްވެސް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދެއެވެ.

އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އެމެރިކާއިން މަރާލިފަހުން އަލްގައިދާއިން ދުނިޔޭގައި ހިނގާ އޮޕަރޭޝަންތައްވަނީ މަޑު ޖެހުމަކަށް އައިސްފައެވެ. އެމެރިކާއިން އަންނަނީ ދޭތެރެ ދޭތެރެއިން އަލްގައިދާގެ އިސް ލީޑަރުން މަރާލައިފައިވާކަމަށްބުނެ މައުލޫމާތު ހިއްސާކުރަމުންނެވެ.

މިގޮތުން މިދިޔަ މަސްތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވަނީ އުސާމާ ބިން ލާދިންގެ ދަރިފުޅުވެސް މަރާލައިފައި ވާކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ