ބާސެލޯނާގެ ދަނޑުގައި މުޅި ދުނިޔެއަށް ރާއްޖެ އިސްތިހާރުކޮށްލައިފި

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ސެލްޓަވީގޯ އާދިއްތަ ދުވަހުގެރޭ ބައްދަލުކުރި މެޗާއެކު މުޅިދުނިޔެއަށް ރާއްޖެ އިސްތިހާރުކޮށްފިއެވެ.

ބާސެލޯނާގެ ރަސްމީ ދަނޑު، ކޭމްޕް ނޯގައި ކުޅުނު މި މެޗްގައި ސެލްޓަވީގޯއިން ވަނީ އެ ޓީމްގެ ޖާޒީގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް" ލޯގޯއާއި "މޯލްޑިވްސް" ނަން ހިމަނާފައެވެ. އެއާއެކު މުޅި ދުނިޔެއަށް ރޭގެ މެޗްގައި ރާއްޖެ ވަނީ އިސްތިހާރުވެގެން ގޮސްފައެވެ.

މީގެ އިތުރުން އެކްލަބްގެ ކުޅުންތެރިން ޓްރެއިނިންތައް ހެދުމަށް ބޭނުންކުރާ ޖާޒީގައިވެސް ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިޝްތިހާރުތައް ހުންނާނެއެވެ. އަދި ސެލްޓަވީގޯގެ ސްޓޭޑިއަމްއާއި އެކްލަބްގެ ކުޅުންތެރިން ދަތުރުކުރުމަށް ބޭނުންކުރާ ބޮޑެތި ބަސްތަކުގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހުންނާނެއެވެ.

މިއީ ރާއްޖެއަށް ތާރީޚީ މެޗެކެވެ. މި މެޗް ވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޝްތިހާރެއް ހިމަނައިގެން ދުނިޔޭގެ އެންމެ ވަރުގަދަ ލީގެއްގެ މެޗު ކުޅުނު ފުރަތަމަ ފަހަރަށެވެ. ބޭރު ދުނިޔޭގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމަށް ޓްވަރިޒަމް މިނިސްޓްރީން ދަނީ ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ގޮތުން މިފަދަ ޓީމެއް ސްޕޮންސަރ ކުރުންވެސް ވެގެން ގޮސްފައިވަނީ ދިނިޔޭގައި ރާއްޖޭގެ ފަރުތުވެރިކަން އިޝްތިހާރު ކުރުމެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓަރ ވަނީ ބާސެލޯނާގެ އިސްވެރިންނާއި އެޓީމުގެ ކުރީގެ ކުޅުންތެރިންނާއެކު މަޝްވަރާކޮށްފައެވެ. ބައެއް ބޭފުޅުންނަށް ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދެއްވިއިރު، އެބޭފުޅުން ވަނީ ދައުވަތު ޤަބޫލުވެސްކޮށްފައެވެ.

ސްޕެއިން ވީގޯގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެފައިވަނީ ރާއްޖެއިން ސެލްޓަވީގޯއާއެކީ ޤާއިމްކުރި އެއްބަސްވުމުގެ ބޭނުމަކީ އެކްލަބަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިދިނުން ނޫންކަމަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހި ފުޓްބޯޅާއާއި މުޅި ރާއްޖެއަށް އޭގެ ސަބަބުން ފައިދާތަކެއް ހޯދުންކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. Mulla

    Reyga thi 2 team nukulhey

    • ޖޯން އަބްރަހަމް

      އާޓިކަލް ސޭސް ދި މެޗް ވޯސް ޕްލޭޑް އޮން ސަންޑޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ