މުސްތަޤުބަލްގައި ބާސެލޯނާއިން ފެނުންވެސް އެކަށީގެންވޭ: ކޯމަން

މުސްތަޤުބަލްގައި ބާސެލޯނާއިން ފެނުންވެސް އެކަށީގެންވާކަމަށް ނެދަލެންޑްގެ ކުރީގެ ކުޅުންތެރިޔާ ރޮނަލްޑް ކޯމަން ބުނެފިއެވެ.

ކޯމަން މިހާރު މަސައްކަތްކުރަމުންދަނީ ނެދަލެންޑްގެ ކޯޗެއްގެ ގޮތުގައެވެ. އަދި ކޯމަންގެ އުންމީދަކީ ކުރިއަށް އޮތް ޔޫރޯއިން ނެދަލެންޑަށް ޖާގައެއް ކަށަވަރުވެގެން ދިއުމެވެ. އަދި ނެދަލެންޑާއެކު ކޯމަން ހަދާފައިވާ އެއްބަސްވުން 2020 ގެ ޔޫރޯއަށްފަހު ހަމަވާނެއެވެ.

"ބާސެލޯނާއިން ފެނުންވެސް އެކަށީގެންވޭ. އެކަމު އެއީ ޔޫރޯއަށްފަހު." ކޯމަން ބުންޏެވެ.

މީގެއިތުރުން ކޯމަން ބުނީ، ބާސެލޯނާއާއި ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމަށާއި، ނެދަލެންޑްގެ ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައިހުރެ އެހެން ކްލަބަކަށް ދާން ބޭނުންވާހަކަ ދެއްކުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށެވެ.

މިފަހަކަށް އައިސް ބާސެލޯނާއިން ދަށްކަމުންދާ ދަށް ކުޅުމުގެ ސަބަބުން ކޯޗު އާނެސްޓޯ ވަލްވާޑޭއަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ކުރިއަށް އޮތްތާ ބާސެލޯނާގެ ކޯޗުކަމުން ވަލްވާޑޭ ދުރުކުރުމަކީވެސް ވެދާނެކަމެކެވެ.

ސްޕެނިޝް ލަލީގާގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާއެކު ބާސެލޯނާއޮތީ ތާވަލްގެ އެއްވަނާގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ