ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އާއި މިނިސްޓަރ މަހުލޫފް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ސްވިޓްޒަލެންޑުގައި ހުންނަވައި މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއައިވީބީގެ ރައީސް އަރީ ގްރާސާއާ ބައްދަލުކުރައްވައި ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތު އޮޅުންފިލުވައިދެއްވާފައިވާ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދޭނެގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ވޮލީ އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާ މެދު ވެސް ވާހަކަ ދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން ވީއޭއެމަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން އެފްއައިވީބީ އަށް ދިނިން. އަދި އެފްއައިވީބީގެ ގަވާއިދުތަކަށް އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން ވެސް ދިނިން،" މިނިސްޓަރު ކުރެއްވި ޓްވީޓްގައިވެ އެވެ.
A pleasure to have met @FIVBVolleyball President Dr. Ary Graça and to have briefed him about the situation of Volleyball in Maldives. We discussed on ways to resolve the issues with Volleyball Association of Maldives and about the development Volleybal in Maldives.? pic.twitter.com/uc5GDqS1ih
— Ahmed Mahloof (@AhmedMahloof) November 26, 2019




