ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމްކޮއްފައިވާ ޑައިލަސިސް ސެންޓަރުގެ ޚިދުމަތް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވާދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
މިޑައިލިސިސް ސެންޓަރަކީ 3 އެނދުގެ ސެންޓަރެކެވެ. މިސެންޓަރަށް އައްޑޫގައި މަސައްކަތްކުރާ ނެފްރޮލޮޖިސްޓް މަދުވެގެން ކޮންމެ ތިންމަހަކުން އެއްމަހުން ޒިޔާރާތްކޮށް ބަލިމީހުން ބައްލަވާގޮތައް ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގައި 7 ސަރަހައްދެއްގައި 60 މީހުންނަށް ޑައިލެސިސް ޚިދުމަތް ދެމުން ގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެކެވެ.




