ރުފިޔާގެ ވަބާޔާއެކު ފުޓްބޯޅައިގެ މަޖާކަން ގެއްލިއްޖެ: ޕްރިންސް ބޯޓެން

ރުފިޔާގެ ވަބާޔާއެކު ފުޓްބޯޅައިގެ މަޖާކަން ގެއްލިއްޖެކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު ކެވިން ޕްރިންސް ބޯޓެން ބުނެފިއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އުމުރުން 32 އަހަރުގެ ބޯޓެން ބުނީ، ޒަމާނާއަށް ބަދަލާއެކު ފުޓްބޯޅައިގެ މަޖާކަން ގެއްލިފައިވާކަމަށާއި، އަދި މީގެ އަސްލަކީ ފައިސާކަމަށެވެ.

"ފުޓްބޯޅައަކީ މިއަދު ވިޔަފާރިއެއް. ކުޅުންތެރިންނަކީ ނަންބަރުތަކެއް." ބޯޓެން ބުންޏެވެ.

މީގެއިތުރުން ބޯޓުން ބުނީ، މިއަދު ކުޅުންތެރިން ކްލަބު ބަދަލުކުރުމަކީ ފަޞޭޙަކަމަކަށް ވެއްޖެކަމަށެވެ. އަދި ފުޓްބޯޅައިގައި ވަފާތެރިކަން މިއަދު ނެތްއިރު މިއީ ހިތާމަހުރިކަމެއްކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން އަދުގެ ޒުވާން ކުޅުންތެރިން އެކުޅުންތެރިންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކުޅެނީ ޕީއެސްކަމަށާއި އަދި ވަގުތުތަށް ބޭކާރުކުރަނީ މީސްމީޑިއާގައާއި އަގު ބޮޑެތި ކާރުތައް ދުއްވުމުގައިކަމަށްވެސް ބޯޓެން ބުންޏެވެ.

ލޯނު އުޞޫލެއްދަށުން އިޓަލީގެ ސަސޫލޯ ދޫކޮށް ބާސެލޯނާއާއި ބޯޓެން ގުޅުނީ 2019 ވަނަ އަހަރުއެވެ. މިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާއަށް އޭނާ ގަނެވޭގޮތަށް އޮތްނަމަވެސް ބޭނުންވާފަދަ ކުޅުމެއް ބޯޓެންއަށް ދެއްކިފައިނުވުމުން ލޯނު މުއްދަތު ހަމަވުމާއެކު ބާސެލޯނާއިން އޭނާ ދޫކޮށްލިއެވެ.

އަދި ސަސޫލާއިން 2019 ވަނަ އަހަރުގެ ޖުލައި މަހު 1 މިލިއަން ޔޫރޯގެ ފީއަކަށް ބޯޓެން އިޓަލީގެ ފިއޮރެންޓީނާއަށް ވިއްކާލިއެވެ. އިޓާލިއަން ސީރީއާގައި ބޯޓެން ފިއޮރެންޓީނާއަށް މިހާތަނަށް 12 މެޗު ކުޅެދީފައިވާއިރު، 1 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ