މަސްވެރިކަމާއި ގުޅުންހުރި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފި

ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި މަހާއި މަހުންތައްޔާރުކުރާ ބާވަތްތައް އިތުރުކޮށް މަތީއަގުލިބޭ ބާވަތްތައް
އުފައްދާ ޖަމާއަތެއްގެ ގޮތުގައި އެބާވަތްތައް މާކެޓްތަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި " ވިޔަފާރީގެ
އުޞޫލުން އަގުއެއްކުރި މަހާއިމަހުގެ އުފެއްދުންތައް ތައްޔާރުކުރުން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމުތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިތަމްރީން ޕްރޮގްރާމުގެ މަޤްޞަދުތަކަކީ ރަށްރަށުގެ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް މެދުވެރިކޮށް ރަށުފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތަށް ގަންނަފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް އެފަރާތްތައް އަޙުލުވެރިކުރުވުން ކަމަށެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތް ތަކެއްގެ މައްޗަށް ބަހާލައިގެންކަމަށޭވެ.

މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ
- މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރި މިންގަނޑުތައް.
- ލޭބަލްކުރުމާއި ބަންދުކުރުން.
- މަސްވެރިކަމުގެ ކުދި ވިޔަފާރިއެއް ހިންގާ ބަލަހައްޓަނެގޮތް
- މަސްވެރިކަމުގެ ކުދި ވިޔަފާރި ހިންގުމުގައި ފައިސާ ބަލަހައްޓާނޭގޮތް
- އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފައްދާ ބަންދުކޮށް މާރކެޓް ކުރާނެ ގޮތް.
- އަގުއެއްކުރި މަހުގެ އުފެއްދުންތައް އުފެއްދުމުގެ އަމަލީ މަސައްކަތެވެ.

މި ތަމްރީން ޕްރޮގްރާމް އަމާޒު ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާފަރާތްތަކާއި، ދެޖިންސުގެ ޒުވާނުންގެ ތެރެއިން މަހުގެ އުފެއްދުން ތައްޔާރުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މި ތަމްރީންގައި ބައިވެރި ވުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ބޭނުންވާ ޒުވާނުންނަށް ވުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުން ތައްޔާރުކުރުމަށް ޝައުޤުވެރިކަން ހުރުން ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ 27 ފެބުރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށާއި ކައުންސިލް އިދާރާތަކަށް ކަމަށެވެ.

އަދި ސިޓީއާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީއާއި 18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމަނަން ވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ