ޝިފާން ގެ ހުރަވީ ދުވަހުގެ ތަޤުރީރަށް އާންމުންގެ ތަޢުރީފް!

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ތަގުރީރު ކުރެއްވި މުހައްމަދު ޝިފާން ދެއްކެވި ވާހަކަފުޅު ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ. އެހެންކަމުން ޝިފާން ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ތައުރީފްކޮށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި  ޝުއޫރު ފާޅުކޮށްފައެވެ.

ޝިފާންގެ ވާހަކަ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވަނީ  ދޮންބަންޑާރައިންގެ ގައުމީ ޖިހާދަށް، އެ ހާދިސާ ރީތި ފަށުވި އިބާރާތުން މުއްސަނދި ބަސްކޮށާރަކުން ހުށައަޅާދިން އިރު އަޑުއެހުންތެރިން ގެ ޝައުގުވެރިކަން ވަނީ ވަރަށްބޮޑަށް ލިބިފައެވެ. ވަކިން ހާއްސަކޮށް މި ހުށެއެޅުން ހުށައެޅުމުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރުވެރިކަން ވަރަށްބޮޑަށް ބޭނުންކޮށްފައިވާކަން އާންމުންގެ ގިނަބަޔަކު ފާހަގަކުރިއެވެ.

"އުފާވެއްޖެއެވެ. ޝިފާނުގެ ބަސްމޮށުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަށް ޓަކައެވެ. ޝިފާނުގެ ވާހަކަ އަޑުއެހީ ފޫހިކަމެއް ނެތިއެވެ. ޖަލީސުން އެސްފިޔަ ވެސް ޖަހައި ނުލައި ޝިފާނަށް ބަލަން ތިބީ އާދަޔާޚިލާފު ޝައުގެއްގައެވެ. އަދަބީ ޖަޒުބާތެއްގެ މަސްތުގައި ޖެހިފައެވެ.
ހިތްވަރު ދެމެވެ. ސާބަސް ދެމެވެ." ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އޭނާގެ ފޭސްބުކްގައި އަދި ޓުވިޓާގައި ލިޔެއްވާފާވެއެވެ.

ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖުލިސް މެމްބަރު، މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޝިފާންގެ ރޭގެ ވާހަކަފުޅަކީ އެއްވެސް ބޭފުޅަކު ކޮޕީނުކުރައްވާ، ދެއްވާފައިވާ "އޮރިޖިނަލް ސްޕީޗެއް" ކަމަށެވެ. އެއީ ރަނގަޅު ހަވާލާތަކާއެކު އަދި ހިމަނާފައިވާ ފަންނީ އުކުޅުތަކާ އެކު ގައުމިއްޔަތު ރޫހު އާކޮށް ދިން "ތަގްރީރެއް" ކަމަށްވެސް ކާނަލް ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިޔާގެ ހަރަކާތްތެރިވާ އަޒުހަރު އޭނާގެ ޓުވިޓާގައި ވަނީ މިއީ ފުރިހަމަ ސްޕީޗެއްކަމަށް ބުނެ ޝުއޫރު ފާޅުކުރައްވާފައެވެ.

"ޝިފާން ސަޅި ސްޕީޗެއް، ފެކްޓް ބޭނުންކޮށްގެން ކުރިޔަށް ގެންދިޔަގޮތް ވަރަށް މޮޅު، ވަރަށް އަޑުއަހާ ހިތުން އަޑުއަހަމުން ގެންދިޔައީ ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ" ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ފާހަގަކުރެވޭ "ސިމްވާރ" އޭނާގެ ޓުވިޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވާހަކަދެއްކުމުގެ ފަންނުގެ ގިނަ ބޭފުޅުން ފާހަގަކުރާ ގޮތުގައި ޝިފާންގެ ތަގުރީރަކީ ފުރިހަމައަށް ހަވާލާދީފައިވާ، ވާހަކަދެއްކުމުގެ ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ އިލްމީ ފޭރާން ހެޔޮ އަދަބީ މަސަތްކަތެކެވެ. މިގޮތުން ޝަރަފުއްދީން ސްކޫލްގެ ދިވެހި ލީޑިން ޓީޗަރު ސޮފްވާން ޝަފީގާއި، ވާހަކަދެއްކުމުގެ ދާއިރާއިން ރަންވަނަތައް ހާސިލްކުރައްވާ ގިނަ ދަރިވަރުން ތަމްރީންކުރައްވާފައިވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އާއި، ވާހަކަދެއްކުންތެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަދި ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަންވަރު އިބްރާހިމްއާއި، ސީއެޗްސީގެ ވާހަކަދެއްކުމުގެ މުބާރާތްތަކަށް ދަރިވަރުން ތަމްރީންކުރެއްވުމުގައި ވެސް އިސްވެ އުޅުއްވާ މުދައްރިސް ނާހިދާ މުހައްމަދު، ފަދަ މިފަންނުގެ ގިނަ ފަރާތްތަކުން ވަނީ ޝިފާންއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ވިހި މިނެޓުވަންދެން ދެއްވި ތަގުރީރުގައި ދޮންބަންޑާރައިންގެ ގައުމީ ޖިހާދަށް ވަރަށް ފުރިހަމައަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން،  ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮންގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިދިޔަ އަހަރު ހާސިލްކުރެއްވި ޝިފާނަކީ އަބަދުވެސް ވާހަކަދެއްކުމުގެ ފަންނުގައި ފާހަގަ ކުރެވޭ ޚިދުމަތްތެރިއެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. ވަތަން ގެ ދިފާއުގައި

    މި ފަދަ ގައުމީ މުނާސަބަތު ތަކުގައި މިފަދަ އިހްލާސް ތެރި ވާހަކަ ދެއްކުން ތެރިން ވާހަކަތައް އަދު އިްވަން ޖެހޭ.. ވަތަނީ ލޯބި އާލަކޮއް ދިރުވުމައް ޝިފާން ފަދަ ގައުމީ ލޯބި ހިތުގައި ހުރި ވާހަކަ ދެއްކުން ތެރިން ސަކޫލް ތަކުގެ ކުދިނައް މައުލޫމާތު ދީ ތަގްރީރު ދިނުން ގިނަކުރަން ޖެހޭ.. މިއަދު ގައުމު ގެ ހާލަތު ދޫ ގޮވަމުން މިދަނީ ބޮޑުތަކުރުފާނައި، އަލިރަސްގެފާނާ ، ދޮންބަންޑަރަިން އަދި ޝަހީދު ހުސޭން އާދަމް ފަދަ ދަރިއަކައް..ގައުމު ވެއްޓެމުން މިދާ އަޅުވެތި ކަމުން ގައުމު ސަލާމަތްކުރާނެ ފަހުލަވާނަކައް މި ގައުމުގައި އިންޑިއާ އިން އަށް ގަދކޮއްގެން އުޅޭ އުޅުން ނިމުމަކއް ގެންނާނެ ދިވެހި ދަރިން ތަކައް ..“ މިގައުމުގައި މިހާރު ވެރިކަމުގައި ތިބި ގަދަރުވެރި ޚާއިނުންގެ ކިބައިން ގައުމު ސަލާމަތް ކޮއްދޭނެ ދަރިންތަކައް..“

  2. ޕްރިންސް ހިލާލީ ހޮޅިކޮށީ

    ތިމަންނާއަކީ ޕްރިންސް އަލްއަމީރު ހިލާލީ ވެލާނާ ހޮޅިހަނާ ދިޔަމިގިލީ ދަރިކޮޅު ހެދިގެން އުޅެ ރޯނުއެދުރު މި އާދަޔާ ޚިލާފް މޮޅު ސްޕީޗް އަޑުއަހާފަ ހަޖަމު ނުވެގެން އެބައުޅޭޔޯ. އަލާ ފޮޅިއަޅާ އަށް ދެވޭނީ މަހަށް

  3. yagooth

    fahuge thaareehuga fenunu enme molhu eh thagreer

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ